މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބާއްވަމުން ގެންދާ މޯލްޑިވްސް އިންސްޓިޓިއުޝަނަލް އިންވެސްޓްމެންޓް ސެމިނާ މިއަދު ފަށައިފި އެވެ.
ހޮޓެލް ޖެންގައި ކުރިއަށްދާ މި ސެމިނާ މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ.
މިއަހަރުގެ ސެމިނާ ކުރިއަށް ގެންދަނީ އިނގިރޭސި ވިލާތުގެ ޝްރޯޑާޒް ކުންފުންޏާއި އެމެރިކާގެ މާސާއާއި ގުޅިގެންނެވެ. ޝެރޯޑާޒް ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެސެޓް މެނޭޖްމަންޓް ކުންފުންޏެވެ. މާސާ ކުންފުންޏަކީ ރިޓަޔާމަންޓް އަދި އިންވެސްޓްމަންޓް ކޮންސަލްޓިން ކުންފުންޏެކެވެ.
ޕެންޝަން އޮފީހުން ބުނީ މި ސެމިނާ އަކީ މާލީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި މާލީ ދާއިރާއާއި އެކި ގޮތްގޮތުން ގުޅިފައިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ހިންގާ އޮޑިޓް ފާމްތަކުންނާއި ބޭންކްތަކުންނާއި މާލީ ދާއިރާގައި ހަރަކާތްތެރިވާ ސަރުކާރު މުވައްޒަފުންނާއި އެކު 80 އަށް ވުރެ ގިނަ ފަރާތުން ސެމިނާގައި ބައިވެެރިވެ އެވެ.
މި ސެމިނާގައި އިންވެސްޓްމަންޓް ފަންޑްތައް ގާއިމްކުރާނެ ގޮތްތަކާއި އެކަމުގެ މުހިއްމު ކަމާއި މިފަދަ ފަންޑްތަކުގެ ފައިސާ އިންވެސްޓްކުރާއިރު ވިސްނަންޖެހޭ މުހިއްމު ކަންކަމާއި ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހޯދުމުގައި އަމަލުކުރަންވީ ގޮތްތަކާއި "ޔީލްޑް ކާވް މޮޑެލް" ބޭނުން ކުރާނެ ގޮތްތައް މި ސެމިނާގައި އޮޅުންފިލުވައިދޭނެ ކަމުގައި ޕެންޝަން އޮފީހުން ބުނެ އެވެ. ޔީލްޑް ކާވަކީ ދަރަނީގެ އިންޓްރަސްޓް ރޭޓް ދައްކުވައިދޭ ޗާޓެކެވެ.
މާލީ ދާއިރާގެ ފަރާތްތަކަށް ޕެންޝަން އޮފީހުން ބާއްވާ ސެމިނާ ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ