މާދަމާގެ އަޑުއެހުމަށް ވަންނަން ސުޕްރީމް ކޯޓު ކައިރީގައި ކިއު ހަދައިފި

ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން ބާއްވާ އަޑުއެހުމަށް ވަންނަން ސުޕްރީމް ކޯޓު ކައިރީގައި ގިނަ ބަޔަކު ކިއު ހަދައިފިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ވަންނަން ވެގެން މިއަދު ހަވީރުން ފެށިގެން ގިނަ ބަޔަކު ވަނީ ކިއު ހަދަން ފަށާފައެވެ.
ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި އިންތިހާބާ ގުޅޭ ދުސްތޫރީ މައްސަލަ ސްޕްރީމް ކޯޓަށް ވެއްދުމާއި ގުޅިގެން ފުރަތަމަ އަޑުއެހުމެއް ބާއްވާފައި ވަނީ އިއްޔެއެވެ. މި މައްސަލައިގައި މިއަދުވެސް އަޑުއެހުމެއް ބާއްވާފައި ވާއިރު، ގިނަ ބަޔަކު ވަނީ އަޑުއެހުން ކުރިޔަށްދިޔަ ވަގުތުތަކުގައި ކޯޓު ސަރަޙައްދަށް އެއްވެފައެވެ.
އިއްޔެވެސް މި މައްސަލައިގެ އަޑުއެހުމަށް ވަންނާން ގިނަ ބަޔަކު މަސައްކަތްކޮށްފައިވާއިރު، ސުޕްރީމް ކޯޓު ސަރަޙައްދުގައި ކިއު ހަދައިގެން ތިބި ފަރާތްތަކުގެ މެދުގައި ނުތަނަވަސްވުން އުފެދި ހަމަނުޖެހުން ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އެއްވި މީހުން އެ ސަރަޙައްދުން ދުރަށް ޖައްސާފައެވެ.
-އިތުރު ތަފްސީލު އަންނަނީ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ