ކޮރަޕްޝަންގެ ވިހަ އަމަލުތައް ހުއްޓުވައި ގައުމު ތާހިރުކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވެއްޖެ

ކޮރަޕްޝަންގެ ވިހަ އަމަލުތައް ހުއްޓުވައި ގައުމު ތާހިރުކުރުމަށް ހާއްސަ އިސްކަމެއް ދޭން އެބަޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. 
ވިލާ ކޮލެޖުގައި ހިންގާ އިނގިރޭސި ވިލާތުގެ ވެސްޓް އޮފް އިންގްލެންޑު ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފުލާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ދުނިޔެ ތަރައްގީވަމުން އަންނައިރު ޖިއޮގުރަފީގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގައުމުތަކަށް ވެސް ހީނުކުރާ ވަރުގެ ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. 
އަދި އެ ކުރިއެރުންތައް ދަސްކޮށްދިނީ އާއިލާތައް ބަދަހިކޮށް ތިބުމާއި ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. 
ޤާސިމް ވިދާޅުވީ އަނިޔާވެރިވުމުގެ ސަގާފަތުން އެއްކިބާވެ ހެޔޮ ވެރިކަމެއް ކުރާ ގައުމަކަށް ވުމަކީ ދިވެހީންގެ އެންމެ ބޮޑު އެއް އެދުން ކަމަށް. އެއީ ކުރިން ވެސް އަދި ފަހުން ވެސް އިންސާނީ ނަސްލު ބޭނުންވާނެ ގޮތް ކަމަށް ޤާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ