ކޮކްޓެއިލްއަކީ މޮޅު އެއްޗެއް: ގާސިމް
ކޮކްޓެއިލަކީ ވަރަށް މޮޅު އެއްޗެއް ކަމަށް މާމިގިލީ ދާއިރާގެ ކުރީގެ މެންބަރ ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ގައުމުން ބޭރުގައި ހުންނެވުމަށްފަހު މިއަދު ރާއްޖެ ވަޑައިގަތުމުން ޖަމީލަށް މަރުހަބާ ދެންނެވުމަށްޓަކާ ގާސިމް އެއާޕޯޓަށް ވަޑައިގެން މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ކޮކްޓެއިލްއަކީ ވަރަށް މޮޅު އެއްޗެއް ކަމަށެވެ. ޕީޕީއެމްގެ ބައެއް އިސްފަރާތްތަކުން އިދިކޮޅު ކޯލިޝަނަށް ފާޑުވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކަށް އިޝާރާތްކުރައްވައި، ގާސިމް ވިދާޅުވީ ކޯލިޝަން ސަރުކާރު ދެމި އޮންނާނެ ކަމަށާއި، ކޯލިޝަން ސަރުކާރުން ރައްޔިތުންނަށް ދެރަ ގޮތެއް ނަހަދާނެ ކަމަށެވެ.ކޯލިޝަން ގުޅިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިކަން ފާހަގަކުރައްވާ ގާސިމް މިފަދަ މޭރުމަކުން ވާހަކަ ދެއްކެވި އިރު، 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުވެސް އެމްޑީޕީން ކާމިޔާބު ކުރީ ގާސިމްގެ ހިއްސާވެސް އޮވެގެންނެވެ. ނަމަވެސް ހޯމް މިނިސްޓަރުކަން ގާސިމަށް ދެއްވިތާ އެންމެ 21 ދުވަސް ތެރޭގައި ކޯލިޝަން ސަރުކާރުން ގާސިމް ބޭރުކޮށްލިއެވެ. އަދި ޖުމްހޫރީ ޕާޓީއަށް ސަރުކާރުން ދީފައިވާ މަގާމުތަކުން ބޭފުޅުން ވަކިކުރި އިރު، ނަޝީދުގެ ސަރުކާރާ ދެކޮޅަށް އެންމެ ގަދައަށް އަޑުއުފުލި އެއް ބޭފުޅަކަށް ގާސިމް ވެގެންދާނެއެވެ. މީގެއިތުރުން ގާސިމް ވަނީ ރައީސް ޔާމީނުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވާފައެވެ. ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވާ ގާސިމް ވާހަކަ ދެއްކެވި އިރު، ގާސިމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރެއްވުމަށް މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅިގެން ބައެއް މެންބަރުންނަށް ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވެ، 3 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ބޭފުޅެކެވެ. އެހުކުމަށް ފިއްލެވުމަށްޓަކާ އައިސީޔޫގައި އޮންނެވުމަށްފަހު ގައުމުން ބޭރަށް އަރުވާލެވިގެން ހުންނަވަނިކޮށް، ކަފާލާތުގެ ދަށުން ދޫކޮށްލުމުން ރާއްޖެ ވަޑައިގެން އަނެއްކާވެސް ގައުމު ފަސާދަކުރުމަށް ގާސިމް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.އަދި މީގެއިތުރުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ބޮޑެތި ކުށްވެރިންތަކެއް ކުއްލި ގޮތަކަށް މިނިވަންކުރުމަށް އަމުރުކޮށް ސްޕްރީމް ކޯޓުން 1 ފެބްރުއަރީގައި އަމުރު ނެރެފައިވަނިކޮށް، ގާސިމް އިބްރާހީމް ވަނީ އެއަމުރަކީ އެބޭފުޅުން ނެރުއްވި އަމުރެއް ކަމަށް ވެސް އިއުތިރާފް ވެފައެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ވަށްކަމުގެ ތުހުމަތު ކުރެއްވިއިރު، ގާސިމަކީ 200 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ޖެހި، އެފައިސާ މިހާތަނަށް ވެސް ނުދައްކަވާ ހުންނެވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ