ރައީސް މައުމޫނު އެމްޑީޕީ އޮފީހަށް ވަޑައިގަތީ މަޖުބޫރީ ހާލަތެއްގައި

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، ވެރިކަން ކުރާ އެމްޑީޕީގެ އޮފީހަށް މިދިޔަ ބުރާސްފަތި ދުވަހު ވަޑައިގަތީ އެހެން ގޮތެއް ނެތިގެންކަން “ރާއްޖެއޮބްޒާރވާ” އަށް މައުލޫމާތު ލިބިއްޖެއެވެ.
އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ކޯލިޝަންގެ ލީޑާރުންގެ ބައްދަލުވުން ރައީސް މައުމޫނުގެ އޮފީހުގައި ބޭއްވުމަށް ހުށައެޅުމުން ރައީސް ނަޝީދު ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އަދި ރައީސް ނަޝީދު ވަނީ ކުނޫޒުގައި ބައްދަލު ކުރަންވެސް ދެކޮޅު ހަދާފައެވެ. އެހެންކަމުން ރައީސް މައުމޫނަށް ޖެހިވަޑައިގަތީ އެމްޑީޕީ އޮފީހަށް ވަޑައިގަންނަވާށެވެ.
އެ ބައްދަލުވުމުގައި ކޯލިޝަނުގެ ލީޑަރުންނަށް ވަނީ މަޖްލީސް އިންތިހާބުގައި ވާދަ ކުރައްވާނެ ގޮތަކާއި މެދު އެއްބަސްވުަމަކަށް ނާދެވިފައެވެ. އެމްޑީޕީ އިން ހުށައެޅި ގޮތަށް 64 ދާއިރާ އެމްޑީޕީއަށް ދޫކޮށްލަން އެއްވެސް އެހެން ޕާރޓީއެއް ބޭނުމެއް ނުވިއެވެ.
ގުޅޭޚަބަރުތައް
މާޒީވެ ދިޔަތަން ދޫކޮށް މައުމޫނު ފުރަތަމަ ފަހަރަށް އެމްޑީޕީ އޮފީހަށްކުރީގެ ރައީސް މައުމޫނު ފުރަތަމަ ފަހަރަށް އެމްޑީޕީ އޮފީހަށް ވަޑައިގެންފިއެވެ. ރައީސް މައުމޫނު އެމްޑީޕީ އޮފީހަށް މި ވަޑައިގަތީ ކޯލިޝަން…
ރައީސް މައުމޫނާއި ރައީސް ސޯލިހު ބައްދަލުކުރައްވައިފިރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމް ގެ ޒިޔާރަތެއް ކުރީގެ ރައީސް މައުމޫނު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ…
ރައީސް ސޯލިހު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ރައީސް ޔާމިން ބައިވެރިއެއް ނުވާނެއިންތިހާބީ ރައީސް ސޯލިހު މަޤާމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިނުގަންނަވާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ. ރައްޔިތުންގެ މަޖްލީހުން…
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ