ސިއްހީ ދާއިރާގެ ހަރަކާތްތަކަށް މިލިއަނެއްހާ ރުފިޔާ ޔޫއެންއެފްޕީއޭ އިން ދީފި

މިއަހަރުގެ ތެރޭގައި ހެލްތް މިނިސްޓްރީ އާއި ޔޫއެންއެފްޕީއޭ އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޯކް ޕްލޭންގެ ހަރަކާތްތަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ. ހެލްތް މިނިސްޓްރީ އާއީ ޔޫއެންއެފްޕީއޭ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްލޭންތަކުގެ އެގްރިމެންޓުގައި ސޮއި ކުރުމަށް މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއު ކުރެއްވީ ހެލްތް މިނިސްޓަރު އަހުމަދު ޒުހޫރެވެ. އަދި ޔޫއެންއެފްޕީއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫއެންއެފްޕީއޭ ގެ އިންޓަރނޭޝަނަލް ޕްރޮގްރާމް ކޯޑިނޭޓަރު ރޫނޭ ބްރޭންޑް ރުޕެވެ. ޖުމްލަ 3،226،357.44 ރުފިޔާ ރާއްޖޭގެ އެކި ދާއިރާތަކަށް ޔޫއެންއެފްޕީއޭ އިން ހަދިޔާ ކޮށްފައިވާއިރު ހެލްތް މިނިސްޓްރީގެ މަސައްކަތްތަކަށް 1،038،691.20 ރުފިޔާ އެ ޖަމިއްޔާއިން ވަނީ ހަދިޔާކޮށްފަ އެވެ. ވޯކްޕްލޭން އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު މީޑިއާ އާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒުހޫރު ވިދާޅުވީ އެ ވޯކްޕްލޭންގެ ދަށުން ގެވެށި އަނިޔާ ގާނޫނާއި އެއްގޮތަށް ސިއްހީ ދާއިރާގެ ތެރެއިން ތަންފީޒު ކުރަން ޖެހޭ ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާއި އެގޮތުން ސިއްހީ ހިދުމަތް ދޭ ތަންތަނުގައި އަމަލު ކުރާނެ ގައިޑްލައިން ތައްޔާރު ކުރުމާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް އަހުލުވެރި ކުރުމުގެ ޕްރޮގްރާމުތަށް ހިމެނޭ ކަމަށެވެ. ހެލްތް މިނިސްޓްރީ އާއީ ޔޫއެންއެފްޕީއޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްލޭންތަކުގެ އެގްރިމެންޓުގައި ސޮއި ކުރުމަށް މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ -- ފާތިމަތު ސައީދު ދަރިމައިވުމުގެ ސިއްހަތުގެ ގައުމީ ސްޓްރެޓެޖީ ތަންފީޒު ކުރުން އެ ވޯކްޕްލޭންގައި ހިމެނޭނެކަން ފާހަގަ ކުރައްވައި ޒުހޫރު ވިދާޅުވީ މައިންނާއި ކުޑަކުދިންގެ ސިއްހަތު ރައްކާތެރި ކުރުމުގެ ގޮތުން ފޯރުކޮށްދެވޭ ސިއްހީ ހިދުމަތްތަށް ހަރުދަނާ ކުރުމާއި ޒުވާނުންނަށް އަމާޒު ކުރެވޭ ސިއްހީ ހިދުމަތް ފުޅާ ކުރުންވެސް އެ ޕްލޭންގައި ހިމެނޭ ކަމަށެވެ. ޔޫއެންއެފްޕީއޭގެ އިންޓަރނޭޝަނަލް ޕްރޮގްރާމް ކޯޑިނޭޓަރު ރޫނޭ ބްރޭންޑް ރުޕް ވިދާޅުވީ ކުދިން ހޯދުމުގައި އެއްވެސް ކަހަލަ ފެމިލީ ޕްލޭނެއް ނެތި ކުދިން ހޯދާ ގައުމެއްގެ ގޮތުގައި ރާއްޖެ ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ހޯދާ ކޮންމެ ކުއްޖަކީ ވެސް ބޭނުންވެގެން ހޯދާ ކުދިންނަށް ހަދަން ޖެހޭ ކަމަށެވެ. އަދި ފެމިލީ ޕްލޭނިންގް އާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގައި ޔޫއެންއެފްޕީއޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރޫނޭ ފާހަގަކުރެވި އެވެ. ހެލްތް މިނިސްޓްރީ އާއީ ޔޫއެންއެފްޕީއޭން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްލޭންތަކުގެ އެގްރިމެންޓުގައި ސޮއި ކުރުމަށް މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ -- ފާތިމަތު ސައީދު އޭގެ އިތުރަށް ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުން ރާއްޖޭގައި އާންމުވެފައިވާ ކަން ފާހަގަކުރައްވައި ރޫނޭ ވިދާޅުވެފައި ވަނީ އެކަމުގެ ސަބަބުން ކައިވެންޏާ ނުލާ ކުދިން ލިބުން އިތުރުވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ