އައްޑޫ، ހުޅުދޫއަށް ސީނު: މިނިވަން، ތައުލީމީ، ތަޖުރިބާގައި އެއްވަނަ!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް މިފަހަރު އަމިއްލަ ގޮތުން ކުރިމަތިލެއްވި އެކަކީ މުހައްމަދު ޔާސީން ނުވަތަ އާންމު ނަމުންނަމަ ސީނު އެވެ. ސީނުއަކީ ތައުލީމާއި ތަޖުރިބާގެ ގޮތުން ބެލިޔަސް ފާހަގަކޮށްލެވޭ ބޭފުޅެއްކަން ފާހަގަކޮށްލެވެ އެވެ. ސީނުއަކީ ސްޓްރެޓެޖިކް ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މާސްޓާސް ޑިގްރީއަށް ކިޔަވައިވިދާޅުވެފައި ހުންނެވި ބޭފުޅެކެވެ. ޔާސީން މިހާތަނަށް މަސައްކަތް ކުރެއްވީ ސޭލްސް މެނޭޖަރެއްގެ މަގާމުގަ އެވެ. އޭގެ އިތުރުން މަސައްކަތުގެ މާހައުލުގައި ޔާސީންއަކީ 15 އަހަރުގެ މެނޭޖްމަންޓް ލެވެލްގެ ތަޖުރިބާހުރި ބޮޑެތި ވިޔަފާރިތަކާ ދިރާގުން ދޭ ހިދުމަތްތަކުގެ ބޮޑެތި ޕްރޮޖެކްޓްތައް މެނޭޖް ކުރައްވާފައިވާ ބޭފުޅެކެވެ. ހުޅުދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ސީނު-- ފޮޓޯ: ސީނު މިފަހަރުގެ ކައުންސިލް އިންތިހާބަށް ޝައުގުވެރިވި ގޮތާ ބެހޭ ގޮތުން ޔާސީން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކާ އެކު އެމަގާމުގައި ރަށަށް ކުރިއެރުން ހޯދުމަށް ރަނގަޅު ފުރުސަތަކަށް މަގުފަހިވެފައިވާތީ ކަމަށެވެ. އައްޑޫ ސިޓީގެ ގުޅިފައިވާ އެހެން ރަށްތަކާ ވަކިން އޮންނަ ހުޅުދޫގެ މިހާރުގެ ހާލަތު ބަދަލުކުރުމަށް މިވަގުތު އެންމެ މުހިންމު ކަމަކީ ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކޮށް ރަށުގެ ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ފަށައިގެންކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ހުޅުދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ސީނު-- ފޮޓޯ: ސީނު އައްޑޫ ސިޓީގެ ތިންވަނައަށް އެންމެ އާބަދީ ބޮޑު ހުޅުދޫއަކީ މިހާރު އެންމެ ނިކަމެތި ހާލުގައި އޮތް ރަށެވެެ. އެހެންކަމުން އެ ހާލަތުން އަރައިގަތުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަން ފާހަގަކުރައްވައި ސީނު ވިދާޅުވީ އޭނާ ކައުންސިލަރު ކަމަށް ހޮވިވަޑައިގެންފި ނަމަ އެކަން ކުރއްވާނެ ކަމަށެވެ. އަންނަ އޭޕްރީލްގައި އޮންނަ ކައުންސިލް އިންތިހާބަށް ކިޔަވައިގެންތިބި ތަޖުރިބާހުރި އެތަކެއް ބޭފުޅުންނެއް ވަނީ ކުރިމަތިލައްވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެމްބަރުންނާއި ޕްރޮފެޝަނަލް ދާއިރާތަކުގެ މަތީ މެނޭޖްމަންޓް ލެވަލް ބޭފުޅުން ވެސް ކުރިމަތިލައްވާފައިވެ އެވެ. ހުޅުދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ސީނު-- ފޮޓޯ: ސީނު އެހެންކަމުން މިފަހަރުގެ ކައުންސިލް އިންތިހާބް ފެންނަނީ ފޯރިގަދަ އަދި އެހާމެ ވާދަވެރި އިންތިހާބަކަށް ވާނެކަމަށްވަނީ ބެލެވިފަ އެވެ. އެހެންކަމުން ރައްޔިތުންނަށް އުއްމީދީ ނަތީޖާތަކެއް ނެރެދެވިދާނެ ފަދަ ކެންޑިޑޭޓުން އިންތިހާބުވެދާނެކަމަށް ބެލެވޭ ކަމަށް ސީނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ