އުނގޫފާރު ކައުންސިލްގެ ރޯދަ ހަދިޔާ: މުޅި ރަށަށް ކަރަންޓު ހިލޭ

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާންމަހުވެސް ރ. އުނގޫފާރު ކައުންސިލްއިން އެރަށުގެ ރައްޔިތުންނަށް ހިލޭ ކަރަންޓް ދޭން ނިންމައިފިއެވެ.
އުނގޫފާރު ކައުންސިލުން ބުނީ، ގޭބިސީތަކަށް ހިލޭ ކަރަންޓް ދިނުމަށް ކައުންސިލްގެ ލަފާދޭ ކޮމެޓީގެ މަޝްވަރާއާއިއެކު ކައުންސިލްގެ 77 ވަނަ އާއްމު ބައްދަލުވުމުން ވަނީ ނިންމާފައިކަމަށެވެ. ކަރަންޓް ހިލޭ ދިނުމަށް ނިންމާފައިވަނީ 06 މެއި އިން ފެށިގެން ޖޫން މަހުގެ ނިޔަލަށެވެ. އުނގޫފާރުގެ އިންޖީނުގެ ހިންގަނީ އުނގޫފާރު ކައުންސިލުންނެވެ.
ކައުންސިލުން މި ނިންމުމަކީ އާއްމު ރައްޔިތުންނަށް ރަމަޟާންމަހާއި ގުޅިގެން ކޮންމެ އަހަރަކުވެސް ކުރަމުން އަންނަ ކަމެކެވެ އަދި ބޭކާރު ގޮތުގައި ކަރަންޓް ބޭނުން ނުކުރުމަށްވެސް އެ ކައުންސިލުން އިލްތިމާސްކޮށްފައި ވެއެވެ. އަދި ވީވަރަކުން ކަރަންޓް ޚަރަދު ކުޑަކުރުމަށް ވިސްނުން ބެހެއްޓެވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. ކައުންސިލުން އެދޭ މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ ކައުންސިލުން އަބަދުވެސް ފާހަގަކޮށް ޝުކުރުއަދާކުރާކުރާ ކަމެއްކަމަށް އެ ކައުންސިލުން ބުނެއެވެ.
އަދި ސަރުކާރުން ކަރަންޓްގެ ހިދުމަތުގެ އަގަށް ގެނެސްފައިވާ ބަދަލާއި ގުޅިގެން ކަރަންޓްގެ އަގަށް ބަދަލެއް ގެންނަ ނަމަ އެކަން 01 ޖުލައި ގެ ކުރިން އިޢުލާން ކުރާނެކަމަށް އެކައުންސިލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ