ފޯން ޗާޖަރުގެ ކޭބަލް އަނގަޔަށް ލައިގެން އުޅުނު ކުއްޖަކު ކަރަންޓް ޖެހިގެން މަރުވެއްޖެ

ފޯން ޗާޖަރުގެ ކޭބަލް އަނގަޔަށް ލައިގެން އުޅުނު އުމުރުން ދެ އަހަރުގެ ކުއްޖަކު އިލެކްޓްރިކް ޝޮކެއް ޖެހިގެން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ އިންޑިއާގައެވެ. ރިޕޯޓްތައް ބުނާގޮތުގައި، ޝެވާރް ނަމަކަށް ކިޔާ އެ އަންހެން ކުއްޖާ ކަރަންޓްގައި ޖެހިގެން މަރުވީ މިދިޔަ ހޮނިހިރު ދުވަހު އޭނާގެ މާމަ ގޭގައި ކުޅެން ބެހެއްޓުމަށްފަހު މަންމަ ނުކުތް ފަހުންނެވެ.
ޝެވާރް ކުޅެން ބަހައްޓާފައި އިން ތަނުގައި ފޯން ޗާޖަރެއް ކަރަންޓަށް ގުޅާފައި ހުއްޓެވެ. އެ ޗާޖަރަކީ އާއިލާގެ އެހެން މީހަކު ފޯން ޗާޖް ކުރުމަށްފަހު ކަރަންޓް ކަނޑާނުލާ ބަހައްޓާފައި ހުރި ޗާޖަރެއް ކަމަށް ވެއެވެ.
އަދި އެ ޗާޖަރުގެ ވާކޮޅު ފެނިގެން ޝެވާރް އެ އަނގަޔަށް ލައިގެން އުޅުމުގެ ތެރޭގައި އިލެކްޓްރައުޑްވީ ކަމަށް ނޫސްތައް ބުނެއެވެ.
އިންޑިއާ ފުލުހުން ބުނީ، އެފަދަ މައްސަލައެއް ފުލުހަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެކަން ފުލުހުންނާއި ހަމައަށް އައިސްފިނަމަ ބަލަމުންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ