ސޯޝިއަލް މީޑިއާ އެކްޓިވިސްޓް މައިމޫނަށް ސިޔާސީ މަގާމެއް

މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑެވެލޮޕްމެންޓްގެ އެގްޒެކެޓް ޑިރެކްޓަރ އަކަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
ދިވެހި ރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ރައިސުލްޖުމުހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑެވެލޮޕްމެންޓްގެ އެގްޒެކެޓް ޑިރެކްޓަރ އަކަށް އައްޔަން ކުރައްވާފައި ވަނީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މައިމޫން މުހައްމަދެވެ.
މައިމޫން މިއަދު މި މަގާމަށް އައްޔަން ކުރި އިރު އޭނާ އަކީ އެމްޑީޕީ ޔޫތު ވިންގުގެ މެންބަރެކެވެ. މައިމޫންއަކީ އެމްޑީޕީގެ ސޯޝަލް މީޑިއާ ޓީމުގެ އިސް ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ