މަޖިލިސް އިންތިޚާބަށް ހޯދި ރިޝްވަތުގެ ހަރާމް ފައިސާއިން ބަޑިބޭހުގެ ކުޅިވަރުތަކަށް 15 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފި!

ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ކެމްޕޭނަށް ރައީސް މުއިއްޒު ހޯއްދެވި ރިޝްވަތުގެ ހަރާމް ފައިސާއިން މިހާތަނަށް, މަޖިލިސް އިންތުޚާބުގެ ކާމިޔާބީ ފާހަގަ ކުރުމަށްޓަކާ ޕީއެންސީން އެކި ދާއިރާތަކުގައި ބާއްވަމުންދާ ބަޑިބޭހުގެ ކުޅިވަރުތަކަށް 15 މިލިއަން ރުފިޔާ ހޭދަކޮށްފިއެވެ.
އެގޮތުން ކޮންމެ ރެއަކުކަހަލަ ގޮތަކަށް ޕީއެންސީގެ ކެނޑިޑޭޓުންގެ ދައިރާތަކުގައި ދަނީ ބަޑިބޭހުގެ ކުޅިވަރުތައް ބާއްވަމުންނެވެ. ބަޑިބޭހުގެ ކުޅިވަރުތައް ބާއްވައިދެމުންދަނީ އެމްއެންޑީއެފްގެ ސިފްކޯއިންނެވެ. މިރޭ މާލޭ ސަރަހައްދުގައި ބަޑިބޭހުގެ ކުޅިވަރުތައް ބާއްވާފައިވަނީ ހުޅުމާލޭގައެވެ.
ފާއިތުވި މަޖިލިސް އިންތިޚާބުގެ ސުޕަރ މެޖޯރިޓީ ސަރުކާރުން ހޯދާފައިވަނީ ރިޝްވަތުގެ ފައިސާ ބަހާ, އަދި ސިހުރު ހާހޫރުވެސް ހަދައިގެންނެވެ. އަދި މިކާމިޔާބީ ފާހަގަ ކުރުމަށް ދެޖިންސުގެ މީހުން އެއްތަންކޮށް މުއިއްޒުދަނީ ބަޑިބޭހުން ކުޅިވަރުތައްވެސް ބާއްވާފައެވެ.
މަޖިލިސް އިންތިޚާބަށް ޚަރަދު ކުރުމަށް މުއިއްޒުވަނީ ފުށިދިއްގަރު ފަޅު ހިއްކުމަށް ހަވާލުކޮށްފައިވާ ސްރީލަންކާގެ މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީސީ)ކުންފުނިން 100 މިލިއަން ރުފިޔާގެ ރިޝްވަރު ނަންގަވާފައެވެ. އޭގެ އިތުރުން ސަން ސިޔާމްވެސް ވަނީ މަޖިލިސް އިންތިޚާބަށް ޚަރަދު ކުރުމަށް މުއިއްޒުއަށް 60 މިލިއަން ރުފިޔާ ދީފައެވެ. އޭގެ ބަދަލެއްގެ ގޮތުން ސިޔާމް ދަނީ ރިސޯޓެއް ތަަރައްގީކުރުމަށް ޗައިނާގެ ބޭންކަކުން 165 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް މި ސަރުކާރުގެ ސޮވެރިންގެ ގެރެންޓީ ހޯދުމަށް ޑިމާންޑް ކުރަމުންނެވެ.
މުއިއްޒުވަނީ މަޖިލިސް އިންތިޚާބަށް ޗައިނާއިންވެސް ރިޝްވަތުގެ ފައިސާ ހޯއްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ