ސަފީރުކަމުގެ މަގާމަށް 9 ބޭފުޅުން އައްޔަނު ކުރައްވައިފި

ބޭރު ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ހިމެނޭގޮތަށް 9 ސަފީރަކު އައްޔަނު ކުރައްވައިފިއެވެ.
ސަފީރު ކަމުގެ މަގާމަށް މި ބޭފުޅުން އައްޔަނު ކުރައްވާފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސަފީރު ކަމުގެ މަގާމަށް އައްޔަނު ކުރެއްވި ބޭފުޅުން:
1. އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅާ ސަފީރުކަމަށް، މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފު2. އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރުކަމަށް، ހ. އޯކިޑް، އިރުތިޝާމް އާދަމް3. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ކަނޑައަޅާ ސަފީރުކަމަށް، މ. ފަށަލަ، ޑޮކްޓަރ ފަޟީލް ނަޖީބު4. އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ކަނޑައަޅާ ސަފީރުކަމަށް، ޑޮކްޓަރ އަލީ ނަސީރު މުހައްމަދު5. ކިންގްޑަމް އޮފް ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާ ސަފީރުކަމަށް، މ. ގީލާވިލާ، ޤީލާ އަލީ6. މެލޭޝިއާއަށް ކަނޑައަޅާ ސަފީރުކަމަށް، މ. ރުއްފުށި، ޑޮކްޓަރ މަރްޔަމް ޝަބީނާ އަހުމަދު7. ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕްބްލިކް އޮފް ސްރީލަންކާއަށް ކަނޑައަޅާ ސަފީރުކަމަށް، މ. ތުޅާގިރި، މަސްއޫދު އިމާދު8. ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ކަނޑައަޅާ ދާއިމީ މަންދޫބުކަމަށް، މ. ވިލާދަށުގެ، ޑޮކްޓަރ ސަލްމާ ރަޝީދު9. ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް، މއ. ދިލާސާގެ، މުހައްމަދު ލުވޭޒު
މިބޭފުޅުންނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ