ނެދަލޭންޑްސް ބަޑީގެ ހަމަލާ ދިން ސަބަބު ސާފެއްނުވޭ

ޔޫޓްރެކްޓް (މާޗް 20) - ނެދަލަންޑްސްގެ ޔޫޓްރެކްޓް ސިޓީގައި ޓްރޭމެއްގައި ބަޑިން ހަމަލާދީ ތިން މީހަކު މަރާލާފައިވާއިރު، އެ ހަމަލާދިން މީހާގެ މަގުސަދު އަދިވެސް ސާފު ނުވާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
އެ ހަމަލާއާ ގުޅިގެން، 37 އަހަރުގެ ތުރުކީ މީހަކާއެކު 23 އަހަރާއި 27 އަހަރުގެ އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
"މިހާތަނަށް ބެލިބެލުމުން ބޮޑަށް ހީވަނީ މިއީ ޓެރަރިސްޓް ހަމާލާއެއް ހެން، އެއީ އެ ހަމަލާދިން މީހުން ފިލަން ބޭނުންކުރި ކާރުގެ ތެރެއިން ފެނުނު ސިޓީއަކާއި އެ އަމަލު ހިންގި ގޮތަށް ބަލާއިރު،" ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ހަމަލާގައި މަރުވެފައިވަނީ 19 އަހަރުގެ އަންހެނަކާއި، 28 އަހަރާއި 29 އަހަރުގެ ދެ ފިރިހެނުން ކަމަށް ފުލުހުން މިހާރު ވަނީ ހާމަކޮށްފަ އެވެ.
"އެ ހަމަލާދިން މީހާއާ މަރުވި މީހުންނާއި ދެމެދު އެއްވެސް ގުޅުމެއް އޮތް ކަމަށް ފެންނާކަށެއް ނެތް،" އެ ބަޔާނުގައި އިތުރަށް ބުނެފައިވެ އެވެ.
ނަމަވެސް، އެ ހަމަލާގެ ފަހަތުގައި ވަނީ އާއިލީ ދެބަސްވުމެއްކަމަށް ނެދާލަންޑްސްގެ ބައެއް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ