ސުޕްރީމް ކޯޓުން ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައިފި
އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅި ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުއްޓާލައިފިއެވެ. އެ ކޯޓުން މިއަދު ބުނީ ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލީ ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ގައުމީ ކެމްޕޭނުގައި ބައިވެރިވުމުގެ ގޮތުން ކަމަށެވެ. ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމުގެގޮތުން ސުޕްރީމް ކޯޓުގެ ހުރިހާ މުވައްޒަފުންނަށް ފެން އަޅާ ރީޔޫސަބަލް ބިއްލޫރި ފުޅި މިހާރު ވަނީ ހަވާލުކުރެވިފައިވާ ކަމަށްވެސް އެ ކޯޓުން ބުންޏެވެ. ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައިވާއިރު ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުން އަންނަނީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަމުންނެވެ. އެގޮތުން ރައީސް އޮފީހުންވެސް ވަނީ އެކަން ހުއްޓާލައިފައެވެ. އަދި ރައްޔިތުންގެ މަޖިލީހުންވެސް އަންނަނީ ޕްލާސްޓިކް ފުޅީގެ ބަދަލުގައި ފެން ފޯރުކޮށްދިނުމަށް އެހެން ގޮތެއް ހޯދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ