އޭޓީއެމުން ނުކުތް އަންހެނެއްގެ ދަބަސް ފޭރިގެންފި

މާލޭ ރިންގް ރޯޑުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓިއެމުން ނުކުތް އަންހެނެއްގެ އަތް ދަބަސް ފޭރިގަނެފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 5:00 ޖެހި އެހާކަންހާއިރު އަންހެން މީހާގެ އަތުން ދަބަސް ފޭރިގަތް މީހަކު މެހެލި ގޯޅިއަށް ވަދެ ފިލަން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިމަހުގެ 12 ވަނަ ދުވަހު ވެސް ބިދޭސީއަކަށް ވަޅިން ބިރު ދައްކައި އޭނާގެ އަތުން 1000ރ ފޭރުނެވެ. އަދި މިދިޔަ މަހު 29 ވަނަ ދުވަހު ހުޅުމާލޭ ފިހާރައެއްގެ ކައިރީން މީހެއްގެ އަތުން 15000 ޑޮލަރު ފޭރިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ