ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް ހުރުން ލާޒިމް: ރައީސް މައުމޫނު

ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް ހުރުމަކީ ލާޒިމް ކަމެއްކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ރާޢްޖޭގެ އިސްލާމީ ޝަހްސިއްޔަތު ރައްކާތެރި ކުރުމާއި، އިސްލާމްދީނުގެ މަތުވެރި އުސޫލްތަކާއި އަގުތައް ދަސްކޮށްދިނުމަށްޓަކައި، ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް ހުރުމަކީ ލާޒިމް ކަމެއް ކަމުގައެވެ.Rājjēge islāmī shakhsiyyathu rakkātheri kurumashā islām dhīnuge mathiveri usūlu thakāi aguthah dhaskohdhī dhemehettumah takā rājjeygai islāmī university eh hurumakī hama lāzim kameh. President @ibusolih @mvpeoplesmajlis— Maumoon Abdul Gayoom (@maumoonagayoom) June 25, 2019ރައީސް މައުމޫނުގެ ޓްވިޓްގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ޓްވިޓަރ ހޭންޑްލްވަނީ ޓެގް ކުރައްވާފައެވެ.
ރައީސް މައުމޫނު މިފަދަ ޓްވިޓެއް ކުރެއްވިއިރު ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އެއްކޮށްލުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ