ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މަގުމައްޗަށް ނުކުމެ އުޅުން މަނާ

މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މީހުން މަގުމައްޗަށް ނުކުމެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުން މަނާކޮށް އެނޫން ވަގުތު ތަކުގައިވެސް އެއްފަހަރާ އެކުގައި ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފިއެވެ.
ޕަބްލިކް ހެލްތު ޑިރެކްޓަރ ޖެނެރަލް ނެރުއްވި އަމުރެއްގައި ވަނީ އެގަޑީގައި އާންމުކޮށް ދުއްވާ އުޅަނދު ފަހަރުގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތަށް ބޭނުންކުރާ ބަހާއި ފެރީގެ ޚިދުމަތްވެސް ހުއްޓާލަން އަންގާފައެވެ.
މަގުމައްޗަށް ނުކުމެ އުޅެވޭ ވަގުތު ތަކުގައި ވެސް އެއްފަހަރާ އެކުގައި ތިން މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުންވެސް ޑިރެކްޓަރ ޖެނެރަލް ވަނީ މަނާ ކޮށްފައެވެ. ނަމަވެސް ސަލާމަތީ ޚިދުމަތާއި ޞިއްޙީ ޚިދުމަތާއި މުއާސަލާތީ ޚިދުމަތާއި ކުނިއުކުމާއި ދައުލަތާއި ޑިޕްލޮމެޓުންނާއި އެމީހުން ބޭނުންކުރާ އުޅަނދުފަހަރާއި އެންއީއޯސީން ފާސް ދޫކޮށްފައިވާ ފަރާތްތަކާއި އެޗްޕީއޭއިން ޚާއްޞަ ސްޓިކާއެއް ދޫކޮށްފައިވާ އުޅަނދުތަކާއި ފާމަސީތަކުގެ މީހުންނާއި އެމީހުން ދުއްވާ އުޅަނދުފަހަރު މި އެންގުމުން އިސްތިސްނާ ވާނެއެވެ.
މިފިޔަވަޅުތައް ތަންފީޒުކޮށް މި ފިޔަޅުތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ވެސް އެންމެހާ އިދާރާ ތަކަށާއި ފަރާތްތަކަށް ޑީޖީ އަނަގްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ