އެއާޕޯޓު އަޅަން ފައިނުގެ މެޖޯރިޓީ ރައްޔިތުން ތާއީދު: އާދަމް ޝަރީފު
ރ. ފައިނުގައި އެއާޕޯޓު އަޅަން އެ ރަށު ރައްޔިތުން ނިހާޔަތަށް ބޭނުންވާ ކަމަށާއި އެރަށުގެ މެޖޯރިޓީ ރައްޔިތުން އެކަމަށް ތާއީދު ކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު އާދަމް ޝަރީފު ވެސް ނިސްބަތްވެވަޑައިގަންނަވަނީ ފައިނަށެވެ. އިއްޔެ ފޭސްބުކްގައި ޝަރީފު ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ އައިލެންޑް އޭވިއޭޝަނުން ފައިނުގައި ބޭއްވި ބައްދަލުވުމެއްގައި އެއާޕޯޓު އެޅުމާ މެދު ކަންބޮޑުވުން ފާޅުކުރީ ތިން މީހުން ކަމަށެވެ. "ކަންބޮޑުވުން ފާޅުކުރީ ތިން ކުއްޖަކު. އެއީވެސް ކޮންސެޕްޓް ޑްރޯވިންގް އިން ގޮތުން. އެ މީޓިންއަކީ ރަށުގެ ކައުންސިލުވެސް ބައިވެރިވި މީޓިންގްއެއް" އާދަމް ޝަރީފު ވިދާޅުވިއެވެ. https://sun.mv/106242 އާދަމް ޝަރީފު ވިދާޅުވި ގޮތުން ފައިނުގައި އެއާޕޯޓު އެޅުމަކީ މީގެ 26 އަހަރު ކުރިންވެސް ސަރުކާރުން ކުރަން ރާވާފައި އޮތް ކަމެކެވެ. އަދި މިހާރު އެކަމަށް ދެކޮޅު ހަދަނީ ވަރަށް މަދު ބައެއް ކަމަށްވެސް ވިދާޅުވިއެވެ. ފައިނުގައި އެއާޕޯޓު އަޅަން ހަވާލުކޮށްފަައިވަނީ އައިލެންޑް އޭވިއޭޝަނާއެވެ. ފައިނުގައި ތަރައްގީ ކުރާ އެއާޕޯޓަކީ ރ. އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއާޕޯޓެވެ. ރ. އަތޮޅުގައި މިހާރު ވެސް އައިލެންޑް އޭވިއޭޝަނުން ދަނީ އިފުރު އެއާޕޯޓު އޮޕަރޭޓު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ