ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާ ބައްދަލުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މާފުށީ ޖަލަށް ވަޑައިގެންފި އެވެ.
ޖަލުގެ މަރާމާތަކަށް ކަމަށް ބުނެ ގޭ ބަންދަށް ބަދަލު ކުރުމަށްފަހު ފާރިސް އަލުން އަނބުރާ ޖަލަށް ބަދަލުކުރި ފަހުން ރައީސް މައުމޫން ޖަލަށް ވަޑައިގެން މިއީ ފުރަތަމަ ފަހަރެވެ. ޖަލުގެ މަރާމާތަށް ގެއަށް ބަދަލު ކުރުމަށްފަހު އަނބުރާ ޖަލަށް ބަދަލު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ފާރިސްއާ ބައްދަލުކުރެއްވުމަށްފަހު މައުމޫން ވިދާޅުވީ، ފާރިސްއާ މިއަދު ބައްދަލުކުރެވިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ފާރިސް ދޫކޮށްލުމަށްވެސް މައުމޫން ވަނީ ގޮވާލާފަ އެވެ.
ފާރިސް ހައްޔަރުކުރި ފަހުން ރައީސް މައުމޫނާއި ނަސްރީނާ އެކުގައިވެސް މީގެ ކުރިން ޖަލަށް ވަޑައިގެންފައި ވެއެވެ. ފާރިސް ހައްޔަރުކުރި ފަހުން އޭނާއާ ބައްދަލުކުރުމަށް ދުންޔާ މައުމޫން ވެސް އޭނާގެ ފިރިކަލުންނާއެކު ޖަލަށް ވަޑައިގެންފައި ވެއެވެ. ޔުމްނާ ވަނީ ދެ ފަހަރެއްގެ މަތިން ޖަލަށް ވަޑައިގެންފަ އެވެ. ޔުމްނާއަކީ ފާރިސްއާއެކު އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ޔުމްނާ އާއި ފާރިސް އިދިކޮޅުގައި ތިއްބެވި ދުންޔާ އާއި ފާރިސްގެ ކޮއްކޯފުޅު ގައްސާން މައުމޫން ތިއްބެވީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
މައުމޫން ޖަަލަށް ވަޑައިގެން ފާރިސްއާ ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ