ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމުގެ ފޯނު ދޭން ފުލުހުން އެދުމުން ފޯނު ދެއްވި ނަމަ މައުމޫނު ހުންނަވާނީ ގޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ހދ. ހަނިމާދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މައުމޫނު ގޭގައި ހުންނެވޭނެ ފުރުސަތު އެރުވުނު ކަމަށެވެ.
"އަޅުގަނޑުމެން އެންމެ އިހުތިރާމު ކުރައްވާ ބޭފުޅަކީ އަދިވެސް ރައީސް މައުމޫނު. ރައީސް މައުމޫނު ކޮންމެހެނެއް ޖަލުގައި ނޫނީ އެކަހެރިކޮށް އިންނަވާކަށް ނުޖެހޭ. ރައީސް މައުމޫނަށް އުފުލުނު ތަހުގީގަށް ނޫނިއްޔާ އުފުލުނު ދައުވާތަކާޢި ގުޅޭ ގޮތުން އެކި ފަހަރު މަތިން ރައީސް މައުމޫނަށް ފުރުސަތު އެރުވުނު. ރައީސް މައުމޫނު ގޭގައި ހުންނެވޭނެ ފުރުސަތު އެރުވުނު." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މީހަކަށް ތުހުމަތެއް ކުރެވިގެން ތަހުގީގަށް ގެންދާއިރު، އެ ތުހުމަތަށް ބަލައި އެއީ ފޯނު ނުވަތަ އިންޓަނެޓްގެ ޒަރިއްޔާއިން ހިންގާފައިވާ މުއާމަލާތްތަކެއް ނަމަ ފޯނާއި އިންޓަނެޓްގެ ޒަރިއްޔާ ބޭނުންކުރި ވަސީލަތްތައް ފުލުހުން ބޭނުންވާނެ ކަމަށެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ ފޯނު ދޭން ފުލުހުން އެންގުމުން ފޯނު ދޭން އެއްބަސްވެވަޑައި ނުގެންނެވި ކަމަށާއި ކޯޓުން ފޯނު ދޭން އެންގުމުންވެސް އަބްދުﷲ ރިޔާޒު ފޯނު ނުދެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"ދެން ފޯނު ދޭން މަޖުބޫރުވީމާ. ފޯނު ދެއްވިއިރު ޕިންކޯޑް ދެއްވީ ނުބައިކޮށް. ދެން ކޯޓުގައި ފޯނު ހުޅުވައިދެއްވަން ޖެހުނީ. އެކަންކަމަށް އިއުތިރާޒު ކުރެއްވީމަ އަބްދުﷲ ރިޔާޒަށްވެސް ހުކުމެއް އައި. އެއީކީ ރައީސް ޔާމީން ކުރި ކަމެއް ނޫން. އެންމެ ފުރަތަމައިނުންވެސް ފޯނު ދިން ނަމަ އެ ހުކުމެއް ނައިސް" ރައީސް ޔާމީން ވިދާޅުވިއެވެ.
ފޯނު ދެއްވި ނަމަ މައުމޫނު ހުންނަވާނީ ގޭގައި: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ