ޖޭއެސްސީގެ މެމްބަރު ކަމަށް ހަމްޒާ ހަމަޖައްސައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ މިއަދު ހަމަޖައްސައިފި އެވެ.ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހަމްޒާ ވަނީ ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާކުރައްވާފަ އެވެ.ރައީސް މުހައްމަދު ވަހީދު ޖޭއެސްސީ އަށް ހަމްޒާ މި އައްޔަންކުރެއްވީ މަޖިލީހުން މިދިޔަ މަހުގެ 22 ގައި އޭނާގެ ނަން ފާސްކުރި ފަހުން ހުވާކުރުމުގެ ރަސްމިއްޔާތު ނުބާއްވައިގެން އެމްޑީޕީން ފާޑުކިޔަމުން ދަނިކޮށެވެ. ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. މުހައްމަދު ލަތީފު އަދިވެސް ޖޭއެސްސީ އަށް އަދި އައްޔަނެއް ނުކުރައްވަ އެވެ. މަޖިލީހުގެ ކޮމިޓީގައި މި މައްސަލަ ނަގައި ކެބިނެޓް ސެކްރެޓަރީ ހާޒިރުކޮށް ސުވާލު ވެސް ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ