ފިރިހެނުންގެވެސް އަދި އަދި އަންހެނުންގެވެސް ހިތުގައި ޖެހޭނެއެވެ. އަސަރުވެސް ކުރާނެއެވެ. ނަމަވެސް ބޮޑުވަރުވަނީ އަންހެނުންނަށްކަން އެއީ އެނގި ޘާބިތުވަމުން އަންނަ ކަމެކެވެ. އެއީ އެކަނބަލުންގެ ކިބައިގައި ހުންނަ އުނިސިފައަކުން ނޫނެވެ. އެކަނބަލުންގެ ހިތުގެ ނާޒުކުކަން ބޮޑުވީމައެވެ. އެއީ ﷲ ތަޢާލާ އެކަނބަލުން އުފައްދަވާފައިވާ ގޮތެވެ.
ލޯބިވެވުނީމަ ލޯބިވެރިޔާއަށް ހިތްދޭންވާނީ އަމިއްލަ ހަށިގަނޑުގައި ބާއްވައިގެންނެވެ. އެއިގައި އަތްނުލެވޭނެ ގޮތަށެވެ. އެކަމަކު ތިއަ ކަނބަލުން ތިއަ ކުރާކަމަކީ ލޯބިވެވޭއިރަށް ހިތް ނަގާފައި ލޯބިވެރިޔާގެ އަތަށް ލައިދެނީއެވެ. ލޯބިވެރިޔާ މިކުރާ ކަމަކީ އޭނާ ބޭނުންވާ ގޮތަށް މޮޑެލާފައި ނަގައި އެއްލައިލަނީއެވެ. އަނބުރައި ޙަވާލުވެސް ކުރަނީއެއް ނޫނެވެ.
އެއިރު ތިއަ ކަނބަލުންގެ ޢިއްފަތްތެރިކަން އޮންނަނީ ގެއްލިފައެވެ. ފާފަވެރިވެފައެވެ. އެކަމުގެ ސަބަބުން އެއޮތީ ﷲ ތަޢާލާގެ ލަޢްނަތް ޙައްޤުވެފައެވެ. ދެން ލިބޭނީ ކޮން އުފާވެރިކަމެއް ހެއްޔެވެ؟
ވީމާ ފުރަތަމަ ކަމަކަށްވެސް ޔަޤީންކުރާށެވެ! ޙަރާމް އޮށަކުން ފެޅި ގަހެއްގައި ޙަލާލް މޭވާއެއް ނާޅާނެ ކަމެވެ. އެހެންކަމަށްވާއިރު ލޯބިވެވޭއިރަށް ޙަރާމް ޢަމަލުތައް ކުރެވުނީމާ ޙަލާލް ތާހިރު އުފާވެރި ދިރިއުޅުމެއް ލިބޭނީ ކިހިނަކުން ހެއްޔެވެ؟
ތިއަ ލޮބުވެތި ކަނބަލުންގެ ހިތްތައް ކަތިލެވެމުން ތިއަދަނީ ތިއަ ކަނބަލުންގެ އަމިއްލަ އިހްމާލުން ކަމަށް މިބުނަނީ މިބަޔާންކުރި ސަބަބުތަކަށްޓަކައެވެ!
އަހުރެންގެ މިވާހަކަކޮޅު ނިޞްބަތް މިކުރީ ލޯބިވެ ގުޅުން ހިންގާފައި ވަކިވާ މައްސަލައިގައެވެ. ގުޅުން ނުހިންގައި ވަކިވާނަމަ އެއީ މުޅިންތަފާތު ޙާލަތެކެވެ. ލިބޭނެ ދެރަވެސް ތަފާތުވާނެއެވެ. ހަމަޤައިމުވެސް ﷲ ތަޢާލާގެ ކޯފާއެއް ނުލިބޭނެއެވެ.
- މައުލޫމާތު: މުފްތީ މެނކުގެ ދަރުސަކުން
ތިއަ ލޮބުވެތި ކަނބަލުންގެ ހިތްތައް ކަތިލެވެމުން ތިއަދަނީ ލޯބިވެވޭއިރަށް ހިތް ނަގާފައި ލޯބިވެރިޔާގެ އަތަށް ލައިދޭތީ! ޗިސްޗިސްކޮށްލާފަ އެއްލާލުމުގެ ފުރުޞަތު ނުދީބަލަ!: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ