ކިނބިދޫން ކަރަންޓް ކެނޑޭ މައްސަލައަށް ހައްލެއް ނުލިބިފައި!

ތ. ކިނބިދޫ އިންޖީނުގޭގެ ޖަނަރޭޓަރުތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ދޭތެރެދޭތެރެއިން އެ ރަށުން ކަރަންޓް ކެނޑެމުން އަންނަ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ކިނބިދޫ ކައުންސިލްގެ ރައީސް މުހައްމަދު ނަސީމް މިއަދު ވިދާޅުވީ ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭތާ މިހާރު މަސް ދުވަސް ވެފައިވާ ކަމަށާއި އެރަށުގައި ކަރަންޓް ދިނުމަށް ބޭނުންކުރަމުން އަންނަނީ 100 ކިލޯ ވޯޓުގެ އިންޖީނަކާ 150 ކިލޯ ވޯޓުގެ އިންޖީނެއް ކަމަށެވެ. އޭގެ ތެރެއިން 150 ކިލޯ ވޯޓުގެ އިންޖީނު ހެދުމަށް ރޫޅާލާފަ އިންނަތާ އެއް މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ ވިދާޅުވީ އެރަށު އިންޖީނުގެ ހިންގަމުން ގެންދާ ސައުތު ސެންޓްރަލް ޔޫޓިލިޓީޒް ގެ ފަރާތުން އެމައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށެވެ.
"ސައުތު ސެންޓްރަލް ޔޫޓިލިޓީޒް ގެ ބޭފުޅުން މި މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރޭ. މީގެ ކުރިން އަޅުގަނޑުމެން ގުޅުމުން ފޯނުނަގާ އެކަމު މިހާރު ފޯން ނުނަގާތާ މެސެޖް ކުރުމުންވެސް ހަބަރެއް ނުވޭ، ހަގީގަތުގައި ކަރަންޓަކީ މިޒަމާނުގަ އެޔާނުލާ އުޅެވޭނެ އެއްޗެއް ނޫން ފިހާރަތާކާއި އަދި އާންމު ބޭނުންތަކަށްވެސް ކަރަންޓަކީ މިހާރު ވަރަށް ބޭނުންތެރިއެއްޗެއް އެހެންވެ ރައްޔިތުން ތިބީ ވަރަށް ހާލުގައި،" ނަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 1350 މީހުން ދިރިއުޅޭ ކިނބިދޫގައި މިހާރު މުޅި ރަށަށް ކަރަންޓް ދެމުން އަންނަނީ 100 ކިލޯގެ ޖަނެރޭޓަރުން ކަމަށާއި އެ ދެ ޖަނެރޭޓަރުން މުޅި ރަށަށް އެކަށީގެންވާ ގޮތުގައި ކަރަންޓް ނުދެވޭ ކަމަށެވެ.
ކަރަންޓް ކެނޑެމުންދާތީ މީގެ ހަމަސް ކުރިން އެކަން ހައްލުކޮށްދިނުމަށް އެދި ސަރުކަރަށާއި ސައުތު ސެންޓްރަލް ޔޫޓިލިޓީޒްއަށް އެތަށް ފަހަރަކުވެސް ދައްނަވާފައިވާ ކަމަށްވެސް ނަސީމް ވިދާޅުވި އެވެ. އަދި ކަރަންޓް ކެނޑުމުގެ މައްސަލަތައް ދިމާވާތީ ރައްޔިތުންގެ ޝަކުވާތައް ގިނަވެފައިވާ ކަމަށާއި އެމައްސަލަ ހައްލުކުރެވޭނެ ގޮތަކާމެދު ކައުންސިލުން ވިސްނަމުން ދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިނބިދޫ އަށް ދިމާވެފައިވާ ކަރަންޓް މައްސަލާގައި އެރަށު އިންޖީނުގޭ ހިންގަމުންދާ ސައުތު ސެންޓްރަލް ޔޫޓިލިޓީޒް އަށް ގުޅަލުމުން ފޯނަށް ޖަވާބުނުދޭތީ އެ ކުންފުނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުވެސް އެށުން ގިނަ ވަގުތު ތަކަކަށް ކަރަންޓް ކެނޑިފައިވާއިރު ވޭތުވެދިޔަ އޯގަސްޓު މަހުވެސް އެރަށުން ވަނީ 24 ގަޑިއިރަށްވުރެ ގިނަ އިރަށް ކަރަންޓްގެ ހިދުމަތް މެދުކެނޑިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ