މާމިގިލީ ރައްޔިތުން ބޭނުން ވަނީ ޤާސިމް އިބްރާހީމް އާއިއެކު ޖަލަށްދާން ކަމަށް ބުނެ އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން މިރޭ އަޑު އުފުލައިފިއެވެ.
ރަށު ކައުންސިލުގެ ރައީސް ޖުނައިދު ވިދާޅުވީ ގިނަ އަދަދެއްގެ މީހުން މުޒާހަރާކުރި ނަމަވެސް އަޑު އުފުލުން ނޫން އިތުރު އެއްވެސް ކަމެއް އެމީހުން ނުކުރާ ކަމަށެވެ. އަދި ޤާސިމް ބަންދުގައި ބަހައްޓާހައި ދުވަހަކު އިހްތިޖާޖް ކުރާނެ ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށެވެ.
ރަށުގެ ވަރަށް ގިނަބައަކު މަގުތަކަށް ނުކުމެފައިވާއިރު އެއް ބައަކު އަޑު އުފުލީ ކައުންސިލް އިދާރާ ކުރީމަތީގައެވެ. އަނެއްބައަކު އަޑު އުފުލީ ރަށުގައި ފުލުހުން ތިބޭ ގޭގެ ކުރިމަތީގައެވެ. އެ ގެއަކީ ރައްޔިތުންގެ ގެއަކަށްވެފައި ހިލޭ ސާބަހަށް ފުލުހުން ތިބެން ދީފައި ހުރުމުން އެ ގެ ހުސްކޮށް ރައްޔިތުންނާއި ހަވާލުކުރުމަށްވެސް އެއްވި މީހުން ވަނީ ގޮވާލައިފައެވެ.
މާމިގިއްޔަކީ ޤާސިމް އިބްރާހީމް އެރަށަކަށް ނިޞްބަތްވެވަޑައިގަންނަވާ ރަށްކަމަށްވެފައި ގިނަ އަދަދެއްގެ ރައްޔިތުންނަށް ޤާސިމް އިބްރާހީމްގެ ދީލަތި އެހީފުޅު ލިބެމުން އަންނާތީ ރަށުގެ ގިނަ ބައަކު ޤަބޫލުކުރަނީ ޤާސިމް އިބްރާހީމް އަކީ ރައްޔިތުންގެ އެއްބަނޑު އެއްބަފާ އަޚެއްގެ ގޮތުގައެވެ.
މަގުތަކަށް ނުކުތް ރައްޔިތުން ބުނަމުން ގެންދިއައީ ޤާސިމް އިބްރާހީމްގެ އިސްތަށިފުޅުގައި އަޅުވާފައިވާ ތުހުމަތުތައް އެމީހުން ޤަބޫލުނުކުރާ ކަމަށެވެ. އެހެންކަމުން މިހާރުން މިހާރަށް ޤާސިމް އިބްރާހީމް ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
މާމިގިލީ ރައްޔިތުން ބޭނުންވަނީ ޤާސިމާއެކު ޖަލަށް ދާން: ޖުނައިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ