ސިއްހީ ދާއިރާގެ ތިން ކައުންސިލަކަށް މެމްބަރުން ހޯދަން އިއުލާންކޮށްފި

ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓްރީން އުފައްދާ ތިން ކައުންސިލަކަށް މެމްބަރުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.އެ މިނިސްޓްރީން ގެޒެޓުކޮށްފައި ވަނީ ނާސިން އެންޑް މިޑްވައިފް ކައުންސިލާއި މެޑިކަލް އެންޑް ޑެންޓަލް ކައުންސިލާއި އެލައިޑު ހެލްތު ކައުންސިލަށް މެމްބަރުން ހޯދުމަށެވެ.ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ތަސްލީމާ އުސްމާނު ވިދާޅުވީ މި ކައުންސިލްތަކުގެ މަސްއޫލިއްޔަތަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ރެގިއުލޭޓް ކުރުން ކަމަށެވެ."ޕްރޮފެޝަނަލްއާ ގުޅުން ހުރި ކަމެއްގައި ހުށަހަޅާ މައްސަލަ ވެސް ބަލަން ޖެހޭނީ މި ކައުންސިލުން. ސިއްހީ ދައިރާގައި މަސައްކަތްކުރާ މީހުން ރެގިއުލޭޓް ކުރުން މައިގަނޑު ގޮތެއްގައި މި ކައުންސިލްތަކުގެ މަސައްކަތަކީ،" ތަސްލީމާ ވިދާޅުވި އެވެ.ތިން ކައުންސިލްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:އެލައިޑު ހެލްތު ޕްރޮފެޝަނަލެއްގެ ގޮތުގައި މަސައްކަތްކުރަން ރަޖިސްޓްރީ ކުރުމާއި ލައިސަންސް ދޫކުރުންއެލައިޑް ހެލްތް ޕްރޮފެޝަނަލެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ ގަވާއިދުތަކާއި މިންގަނޑުތަކެއް ކަނޑައެޅުންގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހެދުންރާއްޖޭގައި ހިންގާ ސިއްހީ ދާއިރާގެ ތައުލީމީ މަރުކަޒުތަކުގެ ތެރެއިން އެލައިޑް ހެލްތު ކައުންސިލުން ގަބޫލުކުރާ ތައުލީމީ މަރުކަޒުތަކާއި ތަމްރީނު ދޭ މަރުކަޒުތައް ކަނޑައެޅުމާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަންނުވެރިންގެ ޝަރުތުތައް ކަނޑައެޅުމާއި އެ ތަންތަނުގައި ހިންގާ ކޯސްތައް އެކްރެޑިޓް ކުރުން ކައުންސިލްތަކަށް ހޮވަން މެމްބަރުންގެ އަދަދު:މެޑިކަލް އެންޑު ޑެންޓަލް ކައުންސިލަށް ނުވަ މެމްބަރުންނާސިން އެންޑު މިޑްވައިފް ކައުންސިލަށް ނުވަ މެމްބަރުންއެލައިޑު ހެލްތު ކައުންސިލަށް 11 މެމްބަރުންކައުންސިލްތަކުން ބާއްވާ ކޮންމެ ބައްދަލުވުމަކަށް މެމްބަރުންނަށް އެލަވަންސެއް ލިބެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި އެހެން ދާއިރާތަކުގެ ތަޖުރިބާކާރުންނާއި ވަކީލުން ވެސް ކައުންސިލްތަކުގައި ހިމެނޭނެ އެވެ.ކައުންސިލްތަކަށް ކުރިމަތިލާން ބޭނުން މީހުން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހެލްތް މިނިސްޓްރީއަށް ފޯމު ހުށަހަޅަން ޖެހެ އެވެ.ސިއްހީ ހިދުމަތުގެ ފަންނުވެރިންގެ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ އޭޕްރީލް 30 ގަ އެވެ. ރައީސް އަބްދުﷲ ޔާމީން ބިލް ތަސްދީގުކުރެއްވީ މެއި 13 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ