އޭސީސީގެ މެމްބަރު އަޝްރަފް އިސްތިއުފާ ދެއްވައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު އަލީ އަޝްރަފް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޝްރަފްގެ އިސްތިއުފާގެ ސިޓީ މިއަދު ވަނީ ރައީސް އޮފީހަށް ފޮނުވާފައެވެ. އެސިޓީ ލިބިފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ "އައްޑޫލައިވް"އަށް ކަށަވަރު ކޮށްދެއްވާފައެވެ.
އޭސީސީގެ މެމްބަރު ކަމުން އަޝްރަފް އިސްތިއުފާ ދެއްވާފައިވަނީ އަމިއްލަ ސަބަބުތަކަކާ ގުޅިގެންކަމަށް ބަޔާންކޮށްފައިވެއެވެ.
އޭސީސީގެ މެމްބަރު ކަމަށް އަޝްރަފް އައްޔަނު ކުރައްވާފައިވަނީ 9 ސެޕްޓެމްބަރު 2019ގައެވެ.
އަޝްރަފް އޭސީސީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ކޮމިޝަންގައި ތިއްބެވި ފަސް މެމްބަރުންގެ މަސައްކަތާ ގުޅޭ އޮޑިޓެއް ހެދުމަށްފަހު، އެކަށީގެންވާ މަސައްކަތް ނުކުރާ މެމްބަރުން މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
އޭސީސީގެ މައްސަލަތައް ލަސްވާ މައްސަލައިގައި އެ ކޮމިޝަނަށް އެކި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ