އައްޑޫގައި އެއް މެގަވޮޓުގެ ބެޓަރީ ސްޓޯރޭޖް ސިސްޓަމަކާއި (ބީއީއެސްއެސް)، އެނާޖީ މެނޭޖްމަންޓް ސިސްޓަމެއް (އީއެމްއެސް) ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މަޝްރޫއު ނިމުމުން އައްޑޫގެ ކަރަންޓުގެ ނިޒާމު ސްޓެބަލައިޒް ވާނެ ކަމަށާއި ސޯލާ ހަކަތަ ހޯދަން ބޭނުންވާ ޕެނަލްތައް މިހާރަށް ވުރެ ގިނައިން ކަރަންޓު ގްރިޑާ ގުޅާލެވޭނެ ކަމަށް މިނިސްޓްރީން ބުނެވެ.
ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގައި ރާއްޖޭގައި އާބާދީ ބޮޑެތި ރަށްރަށުގައި ސޯލާ ޕީވީ ނިޒާމް ގާއިމްކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީއާއި ވޯލްޑް ބޭންކް ގުޅިގެން ‘އެކްސެލަރޭޓިން ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ “އެރައިޒް” ގެ ނަމުގައި މިހާރުދަނީ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ.
އެގޮތުން، މިނިސްޓްރީން ބުނީ ބެޓަރީ ސްޓޯރޭޖާއި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމްކުރުމުން އައްޑޫގައި ކަރަންޓު ނުކެނޑި 24 ގަޑިއިރު ހިދުމަތް ދެވޭނެ ކަމަށެވެ.
އައްޑޫގައި މީގެކުރިން ވަނީ 1.6 މެގަވޮޓްގެ ޔުޓިލިޓީ ސްކޭލް ސޯލާ ސިސްޓަމް ގާއިމްކޮށްފައި ވެއެވެ. އޭގެ އިތުރުން ބައެއް ގެތަކުގައި ހޯމް ސޯލާ ސިސްޓަމްތައް ވެސް ހަރުކޮށްފައި ހުރެއެވެ.
އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާއިރު މިކަމުގެ ސަބަބުން ލިބެމުންދާ ގެއްލުން ތަކުގެ ކަންބޮޑުވުންތަކަކީ އެ ސިޓީގެ ރައްޔަތުންގެ އަބަދުވެސް ކުރަމުން އަނަ ޝަކުވާއެކެވެ.
އައްޑޫގެ އިތުރުން، އެހެން ސަރަހައްދުތަކުގައި ވެސް މި ނިޒާމުތައް ގާއިމްކުރާއިރު، އޭގެ ތެރޭގައި މާލެ-ހުޅުމާލެ ލިންކު ރޯޑުވެސް ހިމެނެއެވެ.
އައްޑޫގެ ކަރަންޓު މައްސަލަޔަށް ދާއިމީ ހައްލެއް ލިބެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ