މޫސުން ގޯސްވެ ރާއްޖޭގެ ދެކުނަށް ހުދު އެލާޓް ނެރެފި

މޫސުން ގޯސްވެ، ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ހުދު އެލާޓް ނެރެފިއެެވެ.
ހުދު އެލާޓްނެރެފައިވަނީ، ތ.އަަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ސަރަހައްދުތަކަށެވެ. މި ސަރަހަށްދުތަކަށް އެލާޓް ނެނެފައިވަނީ މިއަދު 9:15 އިން ފެށިގެން މެންދުރުފަހު 15:00 އަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ މި ގަޑިތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ ދެނުކުގެ އިތުރުން މިއަދު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ.
ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށްވެސް އެ އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަ ވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ