އައްޑޫ ފްލައިން ސްކޫލް ދަރިވަރުން ހައްގުތައް ހޯދަން ތެދުވަނީ

އައްޑޫ ފްލައިން ސްކޫލް ދަރިވަރުން ހައްގުތައް ކަޝަވަރުކުރަން މެނޭޖުމަންޓާއި ދެކޮޅަށް ތެދުވާން ނިންމައިފިއެވެ.
އޭޝިއަން އެކަޑަމީ އޮފް އެއިރޮނޮޓިކްސް އަށް ދަރިވަރުންގެ ފަރާތުން ފޮނުވި ސިޓީގަައި ވަނީ ތަނުގެ މެނޭޖުމެންޓުގެ މައްސަލަތަކާއި ހިނގުމުގެ ދޯހަޅިކަމުގެ ވާހަކަތައް ހިއްސާ ކޮށްފައިއެވެ. މި ސިޓީއާއި އެކު ދަރިވަރުން ވަނީ ކަންބޮޑުވުންތަކާއި ޝަކުވާތަކާއި ހިމެނޭ ޕެޓިޝަނެއްވެސް ހުށަހަޅާފައިއެވެ.
މެނޭޖްމަންޓުން ކޯސް ނިންމަން ދަރިވަރުންނަށް 18 މަހުގެ މުއްދަތެއް ދީފައި ވީނަމަވެސް ދަރިވަރުން ކޯސް ފުރިހަމަ ކުރަން ބޭނުންވާ ތަމްރީނުތައް ނުދެވުމުގެ ނަތީޖާއެއްގެ ގޮތުން އެއްވެސް ދަރިވަަރަކަށް މިމުއްދަތުގައި ކޯސް ފުރިހަމަ ކުރެވިފައި ނުވެއެވެ.
މި ހާލަތާއި ގުޅިގެން ދަރިވަރުން ޝަކުވާ ކުރާތާ ވަރަށް ދުވަސްް ވެއްޖެއެވެ. ތަނުގައި ތިބި ކުދިންްގެ އަދަދާައި ބަލާއިރު ތަމްރީނުތަކަށް ބޭނުންވާވަރާއި ގާތްކުރާވަރަށްވެސް "ޓްރެއިނިން އެއާރ ކްރާފްޓް" ނެތް ކަމުގެ ޝަކުވާ ދަރިވަރުން އައީ އަބަދުވެސް ކުރަމުންނެވެ.
މަލްޓި-އިންޖީން ތަމްރީނުތަކަށް ހުރިހާ ދަރިވަރުން ބޭނުންކުރަން މުޅި އެކަޑަމީގައި ވެސް އޮތީ އެންމެ މަލްޓި-އިންޖީން ފްލައިޓެެކެވެ.
ތަމްރީނުތަކަށް ބޭނުން ކުރަމުން އައި ދެވަނަ ފްލައިޓު ސެސްނާ 172 RG ވެއްޓި ބޮޑެތި ގެއްލުންތަކެއްވެ ބޭނުން ނުކުރެވޭވަރު ވަނީ ވެފައިއެވެ. އޭގެ ފަހުން މިއަދާއި ހަމަޔަށްވެސް އޭގެ ބަދަލުގައި ބޭނުން ކުރާނެ އިތުރު ބޯޓެއް އެކަޑަމީއިން ގެނެސްފައި ނުވެއެވެ. އެހެންނަމަވެސް އެ ހާދިސާ ހިނގުމަށްފަހު ބައެއް ކޯސްތަކުގެ އަގުތައް ވަނީ ބޮޑު ކޮށްފައިއެވެ.
ކޮވިޑު-19 އަށް މެދުކެނޑުމަށް ފަހު ކިޔެވުން ފެށިއިރު އެކަޑަމީ ހުޅުވަނީ ހަފްތާއަކު ތިން ދުވަހުއެވެ. އޭގެ ސަަބަބުން ކޮންމެ ދަރިވަރަކަށް ތަމްރީނުތައް ހަދަން ފުރުސަތު ލިބެނީ ގާތްގަނޑަކަށް ކޮންމެ 15 ދުވަހަކުން އެއް ފަހަރުއެވެ. މަހެއްގެ މައްޗަށް ގިނަވެގެން ދެ ފަހަރެވެ.
އެކަޑަމީގައި ކިޔަވާ ގިނަ ދަރިވަރުން ކިޔަވަނީ ސްޓޫޑަންޓު ލޯނުގެ ދަށުންނެވެ. އެ ލޯނުން ކިޔެވުމަށް ހަރަދު ކުރެވޭނީ ކަނޑައެޅިފައި އޮންނަ ކޯސްތަކަކަށް ކޯހުގެ ވަކި މުއްދަތަަށެކަވެ. އޭގެ ބޭރުން ހިނގާ ހަރަދުތައް ދައްކަން ޖެހޭނީ ދަރިވަރުން އަމިއްލައަށެވެ. ވީމާ މިގޮތަށް ކޯސް ފުރިހަމަ ނުކުރެވި ދިގުދެމިގެން ދާއިރު ދަރިވަރުން އަތުން ވަރަށްބޮޑު ހަރަދެއްވެސް ދާނެއެވެ.
ފާއިތުވި އަހަރު ތަކުގައި އާއްޑޫ ފްލައިން ސްކޫލުގެ މެނޭޖުމެންޓާއި ގުޅޭގޮތުން އެތަކެއް މައްސަލަތަކެއް ފެންމަތިވެ، އެތަކެއް ޝަކުވާތަކެއް ވަނީ ހުށަހެޅިފައިއެވެ. އެހެނަމަވެސް މިއިން އެއްވެސް މައްސަަލަޔަކަށް އެދެވޭ ހައްލެއްވަނީ ނުލިބިފައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ