"އަލިފާން ރޯވީ ކަރަންޓް ޝޯޓެއް ވެގެން"

އއ. އަތޮޅުގައި އޮންނަ ވެލިގަނޑު އައިލެންޑް ރިސޯޓުގެ ގެސްޓް ރޫމެއްގައި މިއަދު އަލިފާން ރޯވީ ކަރަންޓް ޝޯޓެއް ވެގެން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ވެލިގަނޑު އައިލެންޑް ރިސޯޓުގެ ގެސްޓް ރޫމެއްގައި އަލިފާން ރޯވި މިއަދު މެންދުރު ފަހު 2:15 ގައެވެ. ސިފައިންގެ ފަޔާ ޓީމުން އެ ރަށައް ގޮސް އަލިފާން ނިއްވާލިއިރު އެ ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާއެއް ނުވެއެވެ.
ވެލިގަނޑު އައިލެންޑް ރިސޯޓުގެ ގެސްޓް ރޫމެއްގައި ރޯވުން --
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ގޮތް ބެލުމަށްފަހު ސިފައިން ބުނީ އަލިފާން ރޯވީ ކޮޓަރީގެ އޭސީން ކަރަންޓް ޝޯޓެއް ވެގެން ކަމަށެވެ.
އަލިފާނުގެ ހާދިސާތައް ގިނަވެފައިވާއިރު މި ޖަނަވަރީން ފަސްވަނަ ދުވަހުގެ ރޭ އޮޅުވެލި ރިސޯޓްގެ ގެސްޓް ރޫމެއްގައި އަލިފާން ރޯވެ އަނދާފައި ވެއެވެ. އަދި މިދިއަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ހއ. މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވި އިރު 29 ޑިސެމްބަރުގައި ތާޖު އެގްޒޯޓިކާ ރިސޯޓްގެ އިންޖީނުގޭގައި ރޯވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ