ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް މިހާރު ބަންދުގައި ބަހައްޓަމުން ގެންދާ މައްސަލަ މާދަމާ 2:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
އެޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ރޭ ޤާސިމް އިބްރާހީމް ބަންދުކޮށް 21 ވަނަ ދުވަހު ވަނީ 15 ދުވަހުގެ މުއްދަތު ޖަހައިފައެވެ. އެއަށްފަހު މިމަހުގެ 5 ވަނަ ދުވަހު ވަނީ ބަންދުގައި ބަހައްޓަން އިތުރު 4 ދުވަހުގެ މުއްދަތު ޖަހައިފައެވެ. މާދަމާއަކީ އެ މުއްދަތު ހަމަވާ ދުވަހެވެ.
ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހްމަދު ސަމީރު މިރޭ ވިދާޅުވީ ޝަރީއަތް މާދަމާ 2:00 އަށް ތާވަލްކޮށްފައިވާކަމަށާއި ތާވަލަށް ކޯތަށް ބަދަލެއް ނުގެންނަަމަ ޤާސިމް އިބްރާހީމްގެ ސަޕޯޓަރުން 1 ގަޑިއިރު ކުރިން ނުކުންނާނެ ކަމަށެވެ.
ޤާސިމް އިބްރާހީމްގެ މައްޗަށް އިއްޔެ ކުރިއަށް ގެންދިއަ ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިއައިރުވެސް ގިނަ އަދަދެއްގެ ބައަކު ވަނީ ކޯޓު ކައިރިއަށް އެއްވެ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާފައެވެ.
ގާސިމް އިބްރާހީމަށް މުއްދަތުޖެހުމުގެ މައްސަލަ މާދަމާ 2:00 އަށް ތާވަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ