ސަރުކާރުގެ ފަސް ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ދާދި ދެންމެއަކު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓުތަކެއްގައި ބުނީ ސަރުކާރުގެ ދެ ކުންފުންޏެއްގެ ބޯޑުން ދެ ބޭފުޅަކު ވަކިކޮށްފައިވާ ކަމަށާއި ސަރުކާރުގެ އިތުރު ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުންތަކެއް އައްޔަނުކޮށްފައިވާ ކަމަށެވެ.
އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުގެ މަގާމުގައި ހުންނެވި އާމިނަތު ރައިޝަމް ވަނީ އެ މަގާމުން މިއަދު ވަކިކޮށްފަ އެވެ. އަދި، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑު މެންބަރުކަމުން އާއިޝަތު އަލީ ވަނީ މިއަދު ވަކިކޮށްފަ އެވެ.
އަލަށް ބޭފުޅުން އައްޔަނުކުރައްވާފައި ވަނީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ) އަށާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިތުރުން މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޯޑަށެވެ.
އޭއައިއޭގެ ބޯޑު މެންބަރުކަމަށް އައްޔަނުކޮށްފައި ވަނީ ޝެރީނާ ސާލިހު، ވެލްކަމްވިލާ، ސ. ހިތަދޫ އެވެ. އެމްޓީސީސީގެ ބޯޑު މެންބަރުކަމަށް އައްޔަނުކޮށްފައި ވަނީ އަހުމަދު ނާސިފު، ރިވާސައިޑް، ސ. ހުޅުދޫ އެވެ. އެމްޓީސީސީގެ ބޯޑު މެންބަރުކަމަށް އަދި ޗެއާޕާސަންކަމަށް އައްޔަނުކޮށްފައި ވަނީ ސައާދާ އިބްރާހިމް، ދަފުތަރު ނަންބަރު ރސ 14819 އެވެ.
ސަރުކާރު ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލުތަކެއް ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ