ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ޖަލު ބަންދުން ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ ސިއްހީ ހާލަތު ހުރި ގޮތުން ބައްސާމް ގެ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އޭނާ ގޭ ބަންދަށް ބަދަލުކުރީ ވަގުތީ ގޮތުން ކަމަށް ވެސް ބުންޏެވެ.
ބައްސާމް ގެ ބަންދަށް ބަދަލުކުރީ މިއަދު އެވެ.
ބައްސާމަށް އިއްވާފައިވަނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާއި ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން ފަންޑު އެފްއޭއެމްއަށް ފޮނުވި ފައިސާއަށް ހިޔާނާތްވި މައްސަލާގައި އިއްވި 23 އަހަރުގެ ޖަލު ހުކުމެކެވެ.
ބައްސާމް ޖަލު ބަންދުން ގޭ ބަންދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ