އުރީދޫއިން ކޮންމެ ދެމަހަކުން އޭޓީވީއެއް ލިބޭ ޕްރޮމޯޝަނުގެ ފުރަތަމަ ގުރުވަތު ފެބުރުވަރީގައި

މިހާރު ކުރިއަށްދަމުންދާ އުރީދޫ
މޯލްޑިވްސްގެ 2026 ވަނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި
ކަސްޓަމަރުންނަށް އޯލް ޓެރެއިން ވެހިކަލް (އޭޓީވީ) ހޯދުމުގެ ފުރުސަތު ފަހިކޮށްދޭ
ކެމްޕެރިންގެ ތެރެއިން، ފުރަތަމަ އޭޓީވީ ލިބޭ
ލަކީޑްރޯގެ ގުރުއަތުލުން ފެބުރުވަރީ މަހު އޮންނާނެކަމަށް އުރީދޫއިން ބުނެފިއެވެ.
20 ޑިސެމްބަރު 2025
އިން 31 ޑިސެމްބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ހަ ލަކީޑްރޯ
ހިމެނޭއިރު، 6 ކަސްޓަމަރުންނަށް އެއް އޭޓީވީ ލިބުމުގެ ފުރުސަތު އުރީދޫއިން ވަނީ ފަހިކޮށްދީފައެވެ. މި
ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ ކޮންމެ ދެ މަހަކުން އެއްފަހަރު ކަމަށާއި
ފައިނަލް ގްރޭންޑް ޕްރައިޒް ގުރުއަތުލުން އޮންނާނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު
މަހުގެ 31 ވަނަ ދުވަހު ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. 
މި ލަކީ ޑްރޯއަށް ކޮލިފައިވެވޭނީ އުރީދޫގެ މޯބައިލް (ޕްރީޕެއިޑް ނުވަތަ ޕޯސްޓްޕެއިޑް)، ސުޕަރނެޓް، ފަސޭހާ ނުވަތަ
5ޖީ އެއަރފައިބަރ ފަދަ ޚިދުމަތްތައް ސަބްސްކްރައިބް ކޮށްގެންކަމަށާއި، ކޮންމެ
ގުރުއަތު ނެގުމުގެ 60 ދުވަހުގެ ކުރިން އުރީދޫގެ ހިދުމަތް ބޭނުންކުރުމަށް މަހަކު
400 ރުފިޔާ ހަރަދުކޮށްފައިވާން ޖެހޭނެކަމަށް އުރީދޫއިން ބުނެއެވެ. އަދި ޑްރޯ ކުރާ ތާރީހުގައި ކަސްޓަމަރަކީ ހިދުމަތް އެކްޓިވްކޮށް ބޭނުން ކުރާ ކަސްޓަމަރަކަށް ވެސް ވާންޖެހޭނެކަމަށްވެސް އުރީދޫއިން ބުނެއެވެ. 
މި ޕްރޮމޯޝަން އުރީދޫއިން ފަރުމާކޮށްފައި ވަނީ އައު ކަސްޓަމަރުންނާއި މިހާރު ތިބި ކަސްޓަމަރުން ވެސް ބައިވެރިވެވޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ