ކައުންސިލް އިންތިހާބު: މާމިގިލި ދާއިރާއަށް ވާދަކުރަން ނިންމައި، ސަރުކާރަށް ތާއިދުކުރަން ޖޭޕީން ނިންމައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ސަރުކާރަށް ތާއީދުކުރަން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައި ވަނީ އެ ޕާޓީން މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖޭޕީން ވާދަ ކުރާނީ ހަމައެކަނި އދ. މާމިގިލީ ދާއިރާއަށް ކެންޑިޑޭޓަކު ނެރުމަށް ކަމަށް ނިންމި އިރު، އެހެން ދާއިރާތަކަށް ސަރުކާރަށް ތާއީދުކޮށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މި ނިންމުމަށް ޖޭޕީގެ ގިނަ މެންބަރުން ތާއީދުކޮށްފައިވާ އިރު، މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޖޭޕީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ.
އަންނަ އޭޕްރީލް 4 ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ޕޭޖީން ނިންމައި ސަރުކާރަށް ތާއީދުކުރަން ނިންމި އިރު ޕީއެންސީ އާއި އެމްޑީޕީން ވަނީ އެ އިންތިހާބަށް ޕްރައިމަރީ ބާއްވާ ވާދަކުރާ ކެންޑިޑޭޓުން ހޮވާފައެވެ. ހަމައެއާއެކު ދަ ޑިމޮކްރެޓްސް އިން ވެސް ވަނީ އެ ޕާތީގެ މެންބަރުންނަށް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައެވެ.
މީގެ އިތުރުން ޕީއެންއެފް އިން ވެސް މި އިންތިހާބުގައި ވާދަކުރާ އިރު މިހާރު ވާދަކުރާ ސިޔާސީ ޕާޓީތަކުން ވަނީ ކެމްޕެއިންގެ މަސައްކަތް ފޯރިއާ އެކު ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ