ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވަމުން އަންނަ ގޮންޖެހުންތައް ހިމަނައި އެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ވެލްފެއާ ސްކީމުގައި ރަޖިސްޓްރީވެފައިވާ 100 އަށްވުރެ ގިނަ މީހުންގެ ފަރާތުން މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އެފަދަ މީހުންނަށް ފާއިތުވި ނުވަ އަހަރު ހިލޭ ސާބަހަށް ވެދެމުން ގެންދާ އެހީތެރިކަމުގައި ދިމާވާ ދަތިތަކާ، ހުރި ކަންބޮޑުވުންތައް އެ ޕެޓިޝަނުގައި ވަނީ ހިމަނާފަ އެވެ. އެއީ؛
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބަލަހައްޓަމުން ގެންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14,412 މީހުން ރަޖިސްޓްރީވެފައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީތެރިކަމެއް ދިނުމުގެ ޕްރޮގްރާމެއް ތައާރަފުކޮށް, އެ ޕްރޮގްރާމުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކަށް މަހަކު 2,000ރ. ގެ އިނާޔަތެއް ދޭން ފެށީ 2011 ވަނަ އަހަރެވެ. އެ އިނާޔާތް 3،000ރ. އަށް ބޮޑުކުރީ މިދިޔަ ސަރުކާރުގަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް 2011 ވަނަ އަހަރު ތައާާރަފުކުރި އިރު, އެ އެލަވަންސް ލިބޭ 3,560 މީހުންނާއެކު އެކަމަށް ސަރުކާރުން ހަރަދުކުރީ 79.3 މިލިއަން ރުފިޔާ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަޖިލީހަށް ޕެޓިޝަނެއް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުގައި މަޖިލީހަށް ޕެޓިޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ