ދިރާގުން ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ ހިލޭ ދެނީ

ދިރާގުން މި ރޯދަ މަހުގެ ކޮންމެ ރެއެއްގެ ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ތަފްސީލް - މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ރެއެއްގެ 9 އިން މެންދަމު 1އާ ހަމައަށް ވަކި އެޑް-އޮންތަކާ އެކު އަންލިމިޓެޑް ޑޭޓާ ލިބޭނެ އެވެ. އެގޮތުން:
ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ ބައެއް އެޑް-އޮންތަކާ އެކު މި ވަގުތުތަކުގައި އަންލިމިޓެޑް ޑޭޓާ މުޅިން ހިލޭ ލިބޭނެ 
މި އޮފާ ވަކިން ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެންމެ 35ރ.އަށް 1 ދުވަހުގެ މުއްދަތަށް އަދި އެންމެ 199ރ.އަށް 28 ދުވަހުގެ މުއްދަތަށް ހިލޭ ޑޭޓާ ލިބޭނެ
މި އޮފާ އެކްޓިވޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕްގައިވާ ރަމަލޯން ބެނާއަށް ފިއްތާލައިގެން މި ރޯދަ މަހަށް ހާއްސަ އޮފާތައް ބެލުމަށް ފަހު ބޭނުންވާ އޮފާއެއް އިހުތިޔާރުކުރެވޭނެ އެވެ.
ފާހަގަކޮށްލެވޭ - މި ޕްރޮމޯޝަންގެ އެހީގައި މި ރޯދަ މަހު ހެޔޮ އަގުގައި ޑޭޓާ ލިބި، ކަސްޓަމަރުންގެ އާއިލާ އާއި ރައްޓެހިންނާ ގުޅުން ބަދަހިކުރުމަށް މަގު ފަހިވެގެންދާނެކަން ދިރާގުން ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ