ދިރާގުން ކޮންމެ ރެއެއްގެ ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ ދިރާގުން ކޮންމެ ރެއެއްގެ ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ

ދިރާގުން މި ހިނގާ ރޯދަ މަހުގެ ކޮންމެ ރެއެއްގެ ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ރެއަކު 21:00 އިން ފެށިގެން މެންދަމު 1:00 އާ ހަމައަށް ވަކި އެޑް-އޮންތަކާއެކު އަންލިމިޓެޑް ޑޭޓާ ލިބޭނެ ކަމަށެވެ.
"ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ ބައެއް އެޑް-އޮންތަކާއެކު މި ވަގުތުތަކުގައި އަންލިމިޓެޑް ޑޭޓާ މުޅިން ހިލޭ ލިބޭނެ،" ދިރާގުން ބުންޏެވެ.
މި އޮފާ ވަކިން ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެންމެ 35ރ. އަށް އެއް ދުވަހުގެ މުއްދަތަށް، އަދި އެންމެ 199ރ. އަށް 28 ދުވަހުގެ މުއްދަތަށް ލިބިގެންދާނެ އެވެ.
މީގެއިތުރުން މި އޮފާ އެކްޓިވޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕްގައިވާ ރޯދަ ބެނާއަށް ފިއްތާލައިގެން ރޯދަ މަހަށް ހާއްސަ އޮފާތައް ބެލުމަށްފަހު ބޭނުންވާ އޮފާއެއް އިހުތިޔާރުކުރެވޭނެ އެވެ.
މި ޕްރޮމޯޝަންގެ އެހީގައި ރޯދަ މަހު ހެޔޮއަގުގައި ޑޭޓާ ލިބި، ކަސްޓަމަރުންގެ އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ