އީރާނުގެ ކުރީގެ ރައީސް އަހުމަދީނީޖާދު ވެސް އަވާރަކޮށްލައިފި

އީރާނުގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީނީޖާދު ވެސް އަވަހާރަކޮށްލައިފިއެވެ. އިސްރާއީލާއީ އެމެރިކާއިން އިއްޔެ ވަނީ ކުއްލި ގޮތަކަށް އީރާނަށް ވަަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. އެ ހަމަލާތަކުގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވާރަކޮށްލާފައިވާއިރު، އީރާނުން އަންނަނީ ރައްދު ހަމަލާތައް ދެމުންނެވެ. ރިޕޯޓުތަކުގައިވާ ގޮތުން، އިސްރާއީލުން އީރާނަށް އިއްޔެ ފުރަތަމަ ދިން ވައިގެ ހަމަލާތަކުގައި، އުމުރުން 69 އަަހަރުގެ އަހްމަދީނީޖާދު ވެސް ވަނީ އަވާހަރަކޮށްލައިފައެވެ. އޭނާ އަވަހާރަވީ ބޮޑީގާޑާއެކު ކަމަށް ދައުލަތާ ގުޅުން ހުރި އިލްނާގެ ނޫސް އެޖެންސީން ވަނީ ކަށަވަރުކޮށްދީފައެވެ. އަހްމަދީނީޖާދު އަވަހާރަކޮށްލާފައި ވަނީ އިރާނުގެ ކުރީގެ ރައީސްގެ ސެކިއުރިޓީ ޓީމުން ބޭނުން ކުރަމުން އަންނަ އިމާރާތަކަށް ދިން ހަމަލާއެއްގައި ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. އީރާނުގެ ކުރީގެ ހުރިހާ ރައީސުންގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ އެ ގައުމުގެ އެންމެ ބާރުގަދަ އަސްކަރީ ބާރު ކަމަށްވާ އައިއާރުޖީސީގެ ތެރޭގައި ހިމެނޭ ޔުނިޓަކުންނެވެ. އަހުމަދީނީޖާދަކީ އިސްރާއީލާއި އެ ސަރަޙައްދުގައި އިސްރާއީލުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. އޭނާގެ ރިޔާސީ ދައުރުގައި އީރާނުން ބައިނަލްއަގްވާމީ ގޮތުން އެކަހެރިވެފައިވަނީ އިސްރާއީލަށް ދިން އަސްކަރީ އިންޒާރުތަކުގެ ސަބަބުންނެވެ. އީރާނުން އަންނަނީ، އިސްރާއީލުގެ އިތުރުން، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ. އޭގެ ތެރޭގައި ގަތަރާއި ކުވޭތާއި ސައުދީ އަރަބިއާއާއި ޔޫއޭއީގައި ހުންނަ މަރުކަޒުތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ