އެމެރިކާ އާއީ އިސްރާއީލާ ގުޅިގެން އީރާނަށް ދިން ވަރުގަދަ އުދުވާނީ ހަމަލައަށް މެދުއިރުމަތީގެ ހަމަނުޖެހުމޭ ކިޔުމަކީ ވަރަށްބޮޑު ބޭއިންސާފެއް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި އެމަނިކުފާނު ވަނީ އެމެރިކާ އާއީ އިސްރާއީލާ ގުޅިގެން އީރާނަށް ދިން ވަރުގަދަ އުދުވާނީ ހަމަލައަށް މެދުއިރުމަތީގެ ހަމަނުޖެހުމޭ ކިޔުމަކީ ވަރަށްބޮޑު ބޭއިންސާފެއް ކަމުގައި ވިދާޅުވެފަ އެވެ. އަދި ހަގީގަތަކަށް ބުނަން ކެރެން ޖެހޭ ކަމުގައި ވިދާޅުވި އެވެ.
މައުމޫން މިހެން ވިދާޅުވިއިރު އެމެރިކާ އިސްވެ ޔަހޫދީ އިޒްރޭލްގެ އެހީގައި އީރާނަށް ހަމަލާ ދިނުމުން ވަނީ މެދުއިރުމަތީގައި ބޮޑު ނުތަނަވަސް ކަމެއް އުފެދިފަ އެވެ. ބޭރުގެ ބައެއް މީޑިއާތަކާއި ދިވެހި ބައެއް މީޑިއާތަކުން ވެސް ވަނީ މި ހަނގުރާމައަށް މެދުއިރުމަތީގެ ހަމަނުޖެހޭ ކިޔާ ނަން ދީފަ އެވެ.
ނަމަވެސް ހަގީގަތަކީ މި ހަމަނުޖެހުން އުފެއްދީ އެެމެރިކާއާ އިޒްރޭލުން ކަމެވެ. އީރާނުން ކުރަމުންދާ ކަމަކީ ދިފާއުވުމެވެ. އަދި އިޒްރޭލާއި އެމެރިކާއިން ދިން ގެއްލުމަށް ބަދަލު ހިފުމެވެ.
އެމެރިކާގެ ހަމަލާތަކުގައި އީރާނަށް ވަނީ ވަރަށް ބޮޑަށް ގެއްްލުންދީފަ އެވެ. ފޫނުބެއްދޭނެ ފަދަ ބޮޑެތި ގެއްލުންވެސް ދީފައިވެ އެވެ. އެގޮތުން އެ ގައުމުގެ އެންމެ އިސް ލީޑަރު އުމުރުފުޅުން 86 އަހަރުފުޅުގައި ވަނީ އަވަހާރަކޮށްލާފަ އެވެ. އަދި އެ ގައުމުގެ ކުރީގެ ރައީސާއި ވަރަށް ގިނަ އިސް ލީޑަރުންނާއި އަސްކަރީގެ އިސް ބޭފުޅުން ވެސް ވަނީ އަވަހާރަކޮށްލާފަ އެވެ.
ވަށައިގެން އަރަބީން ތިބި ނަމަވެސް އެއިން އެއްވެސް ގައުމެއްގެ އެހީތެރިކަން ނުލިބި އީރާނުން ދަނީ ވަރަށް ހިތްވަރާއެކު ދިފާއުގައި ހަމަލާދީ ހިތްވަރު ދައްކަމުންނެވެ.
މައުމޫންގެ ނުރުހުން: މެދުއިރުމަތީގެ ހަމަނުޖެހުމޭ ކިޔުމަކީ ވަރަށްބޮޑު ބޭއިންސާފެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ