ލާމު ލިންކުގައި 2 ސައިކަލު ޖެހި އެކްސިޑެންޓެއް

ލ. ލިންކު ރޯޑުގައި ދެ ސައިކަލު މިރޭ ޖެހި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިރޭ ބުނީ، ލ. ގަން، ތުނޑި ލިންކު ރޯޑުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓުވި މައްސަލައެއް މިރޭ 9:36 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ތަފްސީލް - ފުލުހުން ބުނީ އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަނިޔާވެފައިވަނީ އަންހެނަކާ ފިރިހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ