ރޭގެ ނިޔަލަށް މާލެ ސަރަހައްދުގައި 53،308 މަސްކޭސް ދޫކުރި!
މާލެ ސަރަހައްދުގައި ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސް ބެހުން ރޭގެ ނިޔަލަށް ނިންމާލިއިރު، 53،308 މަސްދަޅު ކޭސް މި ސަރަހައްދަށް ދޫކޮށްފިއެވެ. މަސްކޭސް ދޫކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ، މިދިޔަ ޖަނަވަރީ 24ގައެވެ. މި އަހަރު މުޅި ޖުމްލަ 118،773 ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދޫކުރާއިރު، ރޭގެ ނިޔަލަށް މާލެ ސަރަހައްދަށް ލޯކަލް ގަވަނަންސް މިނިސްޓްރީން ވަނީ، 53،308 ކޭސް ދޫކޮށްފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި، އަންނަ މުލަ ރޯދައާ ހަމައަށް މި ސަރަހައްދުގައި ދެން މަސް ކޭސް ކުރާނީ މިފްކޯ މަރުކަޒުންނެވެ. އެ މަރުކަޒުން މަސް ކޭސް ދޫކުރާނީ، ރޭގަނޑު 08:30 އިން 11:00އާ ހަމައަށެވެ. ރޯދަ ހަދިޔާގެ ގޮތުގައި މަސްކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ: ރޭގެ ނިޔަލަށް 53،000 ވުރެ ގިނަ ކޭސް ދޫކުރި ކަމަށް މިނިސްޓްރީން ބުނޭ --- ސަން ފޮޓޯ: މޫސާ ނަދީމް މާލެ ސަރަހައްދުގައި މަސް ކޭސް ދޫކުރުން ނިންމާލިޔަސް، ބައެއް ރަށްތަކުގައި އެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މާލެ ސަރަހައްދުގައި މަސް ކޭސް ބަހާ ނިންމިއިރު، ބާޒާރުގައި މިފްކޯއިން މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާއަށެވެ. އެހެންކަމުން، މި އަހަރު ސަރުކާރުން ދޫކުރާ 118،977 މަސްދަޅު ކޭހަށް ޚަރަދުވާނީ، ޖުމުލަ 90.4 މިލިއަން ރުފިޔާއެވެ. https://sun.mv/217853 މިދިޔަ އަހަރުގެ ރޯދަ މަހަށް ސަރުކާރުން ވަނީ ކޮންމެ ގޭބީސީއަކަށް 48ދަޅުގެ މަސް ކޭހެއް ދީފައެވެ. އެގޮތުން، މާލޭގެ ގޭބިސީތަކަށް 50،519 މަސްކޭހާއި ރަށްރަށުގެ ގޭބިސީތަކަށް 60،712 މަސްކޭސް ހަދިޔާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ