އަސްމާގެ ދަރިފުޅު މުންދުއާ ކޮއްކޮ ސަލްމާ މަގާމުން ވަކިކޮށްފި

ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކޮށްފި އެވެ.
އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ޔަގީންކޮށްދީފަ އެވެ. ވޮއިސްއާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވީ މުންދުއާ ސަލްމާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
މި ދެ ބޭފުޅުންނަކީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ އާއިލީ ބޭފުޅުންނެވެ. މުންދު އަކީ އަސްމާގެ ބޭފުޅެކެވެ. ސަލްމާ އަކީ އަސްމާގެ ކޮއްކޮ އެކެވެ. މި ދެ ބޭފުޅުން މަގާމުން ވަކިކޮށްފައި މިވަނީ އަސްމާ ވާާހަކަ ދައްކާ އަޑުއިވޭ އޯޑިއޯއެއް އާންމުވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަސްމާގެ އަންހެން ދަރިފުޅު އާމިނަތު ހުސައިން ޝަރީފް މަގާމުން ވަކިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަ ހީނާ ވަނީ ދޮގުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ