ވިލާ ގޭހުގެ އަގުތައް ބޮޑުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ވިލާ ގޭހުން ބުނީ، އެ ބަދަލު ގެނައުމަށް ނިންމާފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ކަމަށެވެ.
ވިލާ ގޭހުން މައުލޫމާތުދޭ ގޮތުގައި، އަގުތަކަށް ގެނައި އެ ބަދަލަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. އެ ބަދަލާއެކު، އާންމު ގޭބިސީތަކުގައި ބޭނުންކުރާ 10 ކިލޯގެ ގޭސް ފުޅިއެއްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
މިހާރު 200 ރުފިޔާއަށް ވިއްކަމުންދާ 10 ކިލޯގެ ގޭސް ފުޅިއެއް ބުރާސްފަތި ދުވަހުން ފެށިގެން ދެން ވިއްކާނީ 350 ރުފިޔާއަށެވެ. މިއީ ކުރީގެ އަގަށް ބަލާއިރު ގާތްގަނޑަކަށް 75 އިންސައްތައިގެ ބޮޑުވުމެކެވެ.
ވިލާ އިން ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފި، 10 ކިލޯގެ ފުޅިން 150 ރުފިޔާގެ ބޮޑުވުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ