ސައުތް އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ދަށުން ހިންގާ ސައުތް އޭޝިއަން ޔުނިވަރސިޓީ (ސައު) އިން 2026-2027 ވަނަ އަހަރަށް ހުޅުވާލާފައިވާ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހި ދަރިވަރުންނަށް ހުޅުވާލައިފި ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އިއުލާނުކޮށްފިއެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމުގެ ދަށުން ބެޗްލާސް ޑިގްރީ، މާސްޓާރސް ޑިގްރީ އަދި ޕީއެޗްޑީ ގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ތަނެއްކަން ކަށަވަރު ކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] އަށް އީމެއިލް ކުރުމަށް ނުވަތަ އެ ޔުނިވަރސިޓީގެ ހޮޓްލައިން ނަންބަރުތަކަށް ގުޅުއްވުމަށް މިނިސްޓްރީން އިރުޝާދު ދެއެވެ.
ސައުތް އޭޝިއަން ޔުނިވަރސިޓީން ރާއްޖެއަށް ސްކޮލަރޝިޕްގެ ފުރުސަތުތަކެއް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ