ދުނިޔޭގެ ފެންވަރުގައި މަގުބޫލުކަން ހޯއްދަވާފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އާސިމް އަލް ހަކީމް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ފަސް ސިޓީއެއްގައި ދީނީ ދަރުސް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫ ސިޓީގައި ޝެއިޚްގެ ދަރުސްތައް ކުރިއަށްދާނެއެވެ.
ޝެއިޚް އާސިމްގެ ދަރުސްތައް ރަސްމީކޮށް ފައްޓަވާނީ މާދަމާރޭ 8:30 ގަ އި ކުޅުދުއްފުށި ސިޓީގައެވެ. ދެވަނަ ދަރުސް އަންނަ ބުދަ ދުވަހުގެރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަންނަ ބުރާސްފަތި ދުވަހުގެރޭ ދަރުސް އޮންނާނީ އައްޑޫ ސިޓީގައެވެ. މީގެ އިތުރުން، މެއި މަހުގެ އެއްވަނަ ދުވަހު ފުވައްމުލައް ސިޓީގައި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މެއި މަހުގެ ދެވަނަ ދުވަހު ދަރުސް އޮންނާނީ ތިނަދޫ ސިޓީގައެވެ.
މި ދަރުސްތަކުގެ ތެރެއިން، ބައިވެރިވާ ފަރާތްތަކަށް ދީނީކަންކަމާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ. ޝެއިޚް އާސިމް އަލް ހަކީމަކީ އިނގިރޭސި ބަހުން ދަރުސް ދެއްވާ، ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
ޝެއިޚް އާސިމް އަލް ހަކީމް ރާއްޖެ ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ