11 ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ގާއިމުކޮށްފި

ރާއްޖޭގައި ލެބޯޓްރީ ނެތް 76 ރަށެއްގައި ލެބޯޓްރީ ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން، މިހާތަނަށް 11 ރަށެއްގައި ލެބޯޓްރީ ގާއިމުކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެފިއެވެ. ރާއްޖޭގައި ލެބޯޓްރީ ނެތް ރަށްރަށުގައި އެ ޚިދުމަތް ދޭން ފެށުމަށް ޚާއްސަ މަޝްރޫއެއް ފަށާފައި ވަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ހެލްތް މިނިސްޓްރީއިން ބުނީ، މި ހިނަގަމުންދާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން، ލެބޯރެޓަރީ ނެތް 76 ރަށެއްގައި ލެބޯޓްރީ ގާއިމުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، މިދިޔަ ބުދަދުވަހުގެ ނިޔަލަށް 11 ރަށެއްގައި ލެބޯޓްރީ ގާއިމުކުރެވި ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެެ. https://x.com/MoHmv/status/2025468975292051539 އަތޮޅުތަކުގެ ބައެއް ރަށްރަށުގައި އެކަށީގެންވާ ގޮތެއްގައި ލެބޯޓްރީ ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުން އެ ރަށްތަކުގެ ރައްޔިތުން ޓެސްޓު ހެދުމަށް ހޮސްޕިޓަލެއް ހުންނަ ރަށަކަށް ނުވަތަ މާލެއަށް ދަތުރުކުރަން މަޖުބޫރުވެއެވެ. މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ފައްޓަވާފައިވާއިރު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ގާއިމްކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ ކޮންމެ މީހަކަށްވެސް އެމީހަކު ހުރި ރަށަކުން ލެބޯޓްރީގެ ޚިދުމަތް ލިބޭނޭ މަގު ފަހިކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ