އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްރާއީލަށް ވަޑައިގަންނަވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިސްރާއީލަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
މިކަމާ ގުޅޭގޮތުން އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ މޯދީ އެޤައުމަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވަނީ އަންނަ ބުދަދުވަހުކަމަށެވެ. މި ދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅެއްކަން ފާހަގަކުރަމުން ނަތަންޔާހޫ ބުނެފައިވަނީ މި ދަތުރުގެ އެޖެންޑާގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ އީރާން މައްސަލަ ކަމަށެވެ.
އިސްރާއީލްގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނެފައިވަނީ ރަސްމީ މި ދަތުރުގެ ތެރެއިން އިސްރާއީލާ އިންޑިއާ އާ ދެމެދު އިގްތިސާދީ އަދި ސިޔާސީގޮތުން އެއްބަސްވުންތައް ގާއިމްކުރެވިގެންދާނޭކަމަށެވެ. އަދި ހައި-ޓެކް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ކުއަންޓަމް ޓެކްނޮލޮޖީގެ ރޮނގުންވެސް އެއްބަސްވުންތައް ހެދިގެންދާނޭކަމަށް ބުންޏެވެ.
މޯދީގެ މި ދަތުރުފުޅުގައި އިސްރާއީލްގެ ޤާނޫނު ހަދާ މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގުދުސްއަށް ޒިޔާރަތްކުރައްވައި ހަރުކަށި ފިކުރުގެ ހަރަކާތްތައް ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ