ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޕަބްލިކް ޑިރެކްޓަރަކު ހޮވުމަށް އެ ކުންފުނިން ފުރުސަތު ހުޅުވާލައިފިއެވެ. އަދި މި މަގާމަށް ކުރިމަތިލުމަށް އަންހެނުންނަށް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ.
ޕަބްލިކް ޑިރެކްޓަރަކީ މެޖޯރިޓީ ހިއްސާދާރުން ފިޔަވައި އެހެނިހެން ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުން އިންތިހާބުކުރާ މަގާމެކެވެ. މި މަގާމަށް ހޮވޭ މީހެއްގެ ދައުރު ދެމިއޮންނާނީ އޭނާ ހޮވާ އަހަރީ އާންމު ޖަލްސާ އިން ފެށިގެން، އޭގެ ފަހުން ބާއްވާ ދެވަނަ އަހަރީ އާންމު ޖަލްސާގެ ނިޔަލަށެވެ. މިއަހަރުގެ އޭޕްރީލް މަހު ބާއްވާ ދިރާގުގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައި މި މަގާމަށް މީހަކު ހޮވާނެއެވެ.
މި މަގާމަށް ޝަރުތު ހަމަވާ މީހުން ފޯމާއި އެހެނިހެން ލިޔެކިޔުންތައް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ މާޗު މަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އެވެ. ފޯމު ހުށަހަޅާނީ ސިޓީ އުރައެއްގައި ބަންދުކޮށް، ކޮމްޕެނީ ސެކްރެޓަރީ އަށް އެޑްރެސްކޮށް ދިރާގުގެ ހެޑް އޮފީހަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ފޯމުތައް ދިރާގުގެ ވެބްސައިޓުންނާއި އޮފީހުން ލިބެން ހުންނާނެއެވެ.
ހުށަހަޅާ ފޯމުތައް އިވެލުއޭޓްކޮށް ސޯޓްލިސްޓް ކުރާނީ ދިރާގު ބޯޑުގެ އާރްއެންޖީ ކޮމިޓީންނެވެ. ސޯޓްލިސްޓް ކުރެވޭ މީހުންނާ އިންޓަވިއު ކުރުމަށް ފަހު، ބޯޑުގެ ރުހުމާއެކު އަހަރީ އާންމު ޖަލްސާގައި ވޯޓަށް އަހާނެއެވެ. ވޯޓު ލުމުގެ ހައްގު ލިބޭނީ ޖަލްސާއަށް ހާޒިރުވާ މީހުންނަށާއި އޮންލައިންކޮށް ބައިވެރިވާ މީހުންގެ އިތުރުން ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ މީހުންނަށެވެ.
ދިރާގަކީ މިންތީގެ ހަމަހަމަކަމަށް ވަރަށް ބޮޑަށް އިސްކަންދޭ ކުންފުންޏަކަށް ވާތީ، ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ޝަރުތު ހަމަވާ އަންހެނުން ކުރިމަތިލުމަށް އެ ކުންފުނިން ވަރަށް ބޮޑަށް ބާރުއަޅައެވެ. އަދި ވޯޓުލާއިރު ކޮންމެ ހިއްސާއަކަށް އެއް ވޯޓު ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
“އާއިލީ ގުޅުން” ތީމްގެ ދަށުން ދިރާގުން ރޯދައަށް ހާއްސަ އޮފާތަކެއް ދިރާގުގެ 17 ވަނަ އެޕްރެންޓިސް ބެޗަށް 25 ޒުވާނުން ހޮވިއްޖެ ދިރާގު ހެޑް އޮފީހުގައި ދަރިވަރުންނަށް ހާއްސަ ހަވީރެއް ދިރާގާއި ސްޕާކްހަބްގެ ލީންސްޓާޓްއަޕް އައްޑޫއެޑިޝަން ނިންމާލައިފި މަގުބޫލު ލިޔ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ