މާލޭގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

މާލެއަށް ކުރިމަތިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ "ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެސިލިއަންސް އެންޑް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ގެ މަސައްކަތް ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި ޓެކް އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ މަކޯޓޯ ޔޮކޮށީ އެވެ.އެ މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައިވާ މުއްދަތަކީ 16 މަސްދުވަހެވެ. މި މަޝްރޫއުގެ އަގަކީ 247 މިިލިއަން ޖަޕަނީޒް ޔެން (24.5 މިލިއަން ރުފިޔާ) އެވެ.އެ މަސައްކަތުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޖޮއިންޓް ވެންޗާ އޮފް އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑް އެންޑް ޔަޗިއާ އިންޖިނިއަރިން ކޮމްޕެނީ އެވެ. މި މަޝްރޫއުގެ ދަށުން މާލޭގައި ގާއިމުކޮށްފައިވާ 16 ޕަންމްޕް ސްޓޭޝަން އޮޓޮމޭޓްކުރުމަށް ހަރުކުރަންޖެހޭ އާލާތްތައް ޕަންމްޕް ސްޓޭޝަންތަކުގައި ހަރުކުރުމާއި މަޝްރޫއުގެ ތެރެއިން 16 ޕަންމްޕް ސްޓޭޝަން މޮނިޓާ ކުރުމަށް ސެންޓްރަލައިޒްޑް މޮނިޓަރިންގް ސްޓޭޝަނެއް ގާއިމުކުރުން ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ